އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ބެކަޕް ޖަނަރޭޓަރުތައް ނިވި މުޅި ހޮސްޕިޓަލުން ކަރަންޓު ކެނޑިއްޖެ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމަތު ދިން ގޮތުގައި އުނގޫފާރު ރައްޔިތުންގެ އިންޖީނުގޭގެ ޕެނަލްބޯޑަށް ދިމާވި މައްސަލައާ ގުޅިގެން ހަމައެކަނި ހޮސްޕިޓަލަށް ކަރަންޓު ދޫކޮށްފައި ހުރުމަށްފަހު ޕެނަލްބޯޑު ރޫޅާލުމަށް ހޮސްޕިޓަލުން ވެސް ކަރަންޓު ކަނޑާލަން ޖެހޭތީ ހޮސްޕިޓަލުގެ ބެކަޕް ޖަނަރޭޓަރުތައް ޖެއްސިތާ ކުޑައިރުކޮޅެއް ފަހުން ބެކަޕް ޖަނަރޭޓަރުތައް ނިވި މުޅި ހޮސްޕިޓަލުން  ކަރަންޓު ކެނޑިފައިވާ ކަމަށެވެ.އުނގޫފާރު ރައްޔިތުންގެ އިންޖީނުގެއިން ދޫކޮށްފައިވާ ކަރަންޓަށް މައްސަލައެއް ދިމާވާ ހާލަތެއްގައި ޖައްސާ މި ބެކަޕް ޖަނަރޭޓަރުތައް ނިވުނު ސަބަބު ދެނެގަނެ އަލުން ކަރަންޓު ދެވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.(އިތުރު ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ