ނުވަ ކިލޯއަށް ވުރެ ގިނަ މަސްތުވަތަކެއްޗާއި ތިން މިލިއަނަށްވުރެ ގިނަ ފައިސާ ހޯދައިފި

ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ނުވަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ތިން މިލިއަނަށްވުރެ ގިނަ ފައިސާ ހޯދައިފިއެެވެ. ފުލުހުން ބުނީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ހޯދާ މީހުން ހޯދަން މިދިޔަ މަހު 31 އަދި އިއްޔެ އޮޕަރޭޝަނެއް ކުރިއަށްގެންދިޔަ ކަމަށެވެެ. މިދިޔަ މަހު ހިންގި އޮޕަރޭޝަންގައި ފަސް ގެއެއް ބަލައި ފާސްކުރިއިރު އިއްޔެ ހަތަރު ގެޔަކާއި ސައިކަލެއް ބަލާ ފާސްކުރިއެެވެ. އެ ދެ އޮޕަރޭޝަންއިންވެސް މަސްތުވާތަކެއްޗާއި ފައިސާ އަތުލައިގެންފައިވެއެެވެ. އެ އޮޕަރޭޝަންގައި އަށް ދިވެހި ފިރިހެނުން ވަނީ ހައްޔަރުކޮށްފައެެވެ. އޭގެ ތެރޭގައި 25 އަހަރުގެ ތިން ފިރިހެނުންނާއި 23،24 އަދި 25 އަހަރުންގެ ތިން ފިރިހެނުންނާއި 37 އަހަރާއި 50 އަހަރުގެ ފިރިހެނެއް ހިމެނެއެވެ. އެ އޮޕަރޭޝަންގައި 1،522،785 ރުފިޔާއާއި 173،831 ޔޫއެސް ޑޮލަރުވެސް ވަނީ އަތުލައިގެންފައެެވެ. އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްއިން މިހާރު އިތުރަށް ދަނީ ތަހުގީގްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ