ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭ ފައިދާގެ ދިގު ލިސްޓެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެ ދެއްވައިފި އެވެ.
އެމަނިކުފާނު ވަނީ މިރޭ އޮތް ޕީއެންސީގެ ހަރުގެ ޖަލްސާގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އޮތް ފައިދާތަކާއި ގުޅޭގޮތުން ވަރަށް ތަފްސީލް ގޮތެެއްގައި ވާހަކަފުޅު ދައްކަވާފަ އެވެ. މިހާރު އޮތް ގޮތުން ރިޔާސީ އިންތިހާބު ބާއްވާތާ ހަ މަސް ދުވަސް ފަހުން ރައްޔިތުންގެ މަޖިލީސް އިންތިހާބު ބޭއްވުމުން ގައުމާއި ރައްޔިތުންނަށް އެކަމުންވާ އެއްވެސް ފައިދާއެއް ނެތް ކަމަށާ މުޅީންވެސް ވަނީ ގެއްލުން ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އެ ހަގީގަތް އެންމެން ގަބޫލުކުރާ ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ފުރަތަމަ ހަ މަސް ދުވަސް ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވި ގޮތް ރައްޔިތުންނަށް އޮތީ ފެނިފައި ކަމަށެވެ. އެ ހާލަތު ތަކުރާރުވާން އެދިވަޑައިނުގަންނަވާ ކަމުގައި ވިދާޅުވި އެވެ. އޭގެ ފަހުން ރައީސް ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭ ފައިދާގެ ދިގު ލިސްޓެއް ވިދާޅުވެ ދެއްވާފަ އެެވެ.
މިރޭ އޮތް ކޮންގްރެސްގެ ޖަލްސާ
ރައީސް އެއް ކަމަކަށް ފާހަގަ ކުރައްވާ މިނިވަން އަދި އިންސާފުވެރި އިންތިހާބުތަކަކަށް މަގުފަހިވުމެވެ. އަދި އެގޮތަށް ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިފިނަމަ ސަރުކާރުގެ ކެންޑިޑޭޓުން ނުތިބޭނެ ކަމުގައި ވިދާޅުވި އެވެ. އަދި ސުޕަ މެޖޯރިޓީގެ ނިޒާމު ބަދަލު ކުރެވޭނެ ކަމުގައި ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި ވޯޓް ނެގުމުގައި ސިޔާސީ އެއްވެސް މަގްސަދެއް ނެތް ކަމަށެވެ. އަދި ހާސިލުކުރައްވަން ބޭނުންފުޅުވާ އަމިއްލަ މަސްލަހަތެއް ވެސް ނެތް ކަމަށެވެ. އެމަނިކުފާނު އޮތީ ގައުމާއި ރައްޔިތުންނަށް ހެޔޮ ގޮތާއި ރަނގަޅު ގޮތް ހޯދާ ދިނުން ކަމުގައި ވިދާޅުވި އެވެ.
މިރޭ އޮތް ކޮންގްރެސްގެ ޖަލްސާ
އެހެން ކަމުން ގައުމާއި ރައްޔިތުންގެ މުސްތަގުބަލަށް އަދި ޑިމޮކްރެސީ ހަރުދަނާ ކުރުމަށް "ފެންނަ" ކަމަށް ވޯޓް ދެއްވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. މީގެ އިތުރުން ކޮރަޕްޝަނާއި ފަސާދައަށް ފުރުސަތު ބަންްދު ކުރުމަށް ވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް "ފެންނަ" ކަމަށް ވޯޓް ދިނުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.
އަދި އެ ބަދަލާއި ދެކޮޅަށް އެމްޑީީޕީން ކުރަމުންދާ މަސައްކަތަށް ރައީސް ވަނީ ފާޑުވިދާޅުވެފަ އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭ ފައިދާގެ ދިގު ލިސްޓެއް ރައީސް ވިދާޅުވެ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ