އެމްޑީޕީ ދާއިރާ ތަކުން އެ ޕާޓީގެ ރިޔާސީ ކެމްޕެއިންގެ ވިއުގަ ފުރިހަމަ ކުރަން އެމްޑީޕީގެ ލީޑާޝިޕުން މަޝްވަރާ ކޮށްފި އެވެ.
އެމްޑީޕީ ސެކެޓްޓޭރިއަޓްގައި ބޭއްބި ބައްދަލުވުމެއްގައި އެމްޑިޕީގެ ރިޔާސީ ކެންޑިޑޭޓް، މުހަންމަދު ނަޝީދު ވިދާޅުވީ ރިޔާސީ ކެމްޕެއިންގެ ވިއުގަ ފުރިހަމަ ކުރުމުގައި ޕާޓީގެ ދާއިރާތަކުގެ ހަރަކާތްތެރިކަން ފުޅަދާއިރާއެއްގައި ބައިވެރިކުރަން ޖެހޭ ކަމަށެވެ.
ރިޔާސީ ކެމްޕެއިން ގެ އިސް ހަރަކާތްތެރިންނަކީ ދާއިރާތަކަށް މިހާރު ކެމްޕެއިން ޓީމުން ކަނޑައަޅާފައިވާ ކޯޑިނޭޓަރުން ކަމަށާއި، ރިޔާސީ ކެމްޕެއިން ޓީމްގެ ވިއުގަ ފުރިހަމަ ކުރުމުގައި އެދާއިރާއެއްގައި ހަރަކާތްތެރިކަމާއެކު މަސައްކަތްކޮށްދޭ ޕާޓީގެ މަސައްކަތްތެރިން ކަނޑައެޅުމުގެ އެންމެ ފަހުގެ ނިންމުން ނިންމަވާނީ ދާއިރާ ކޯޑިނޭޓަރުން ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެމްޕޭން ވިއުގަ ފުރިހަމަ ކުރަން މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ