ޕީޕީއެމް އުފެދުނުއިރު ޑީއާރުޕީގައި ސާދަ މިލިއަން ރުފިޔާގެ ދަރަނިއޮތްކަމަށް ޔާމީން ވިދާޅުވެއްޖެ


ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އިސްވެހުންނަވައި ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އުފެއްދެވި ޑީއާރުޕީ ދޫކުރައްވައި މައުމޫން ވަޑައިގެން ޕީޕީއެމް އުފެއްދިއިރު ޑީއާރުޕީގައި ސާދަ މިލިއަން ރުފިޔާގެ ދަރަނި އޮތްކަން އެނގިވަޑައި ގަންނަވާކަމަށް  މައުމޫންގެ ކޮށްކޯފުޅު އަދި ޕީޕީއެމްގެ ޕާރލިމެންޓްރީ ގްރޫޕްގެ ލީޑަރ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މިހާރު އާއްމު ވެފައިވާ ޔާމީނާއި ސަން ޓްރެވަލް ޝިޔާމްގެ އޯޑިއޯގައި ޑީއާރުޕީއަށާއި މައުމޫނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމަށްފަހު ޔާމީން ވިދާޅުވެފައިވަނީ ޑީއާރުޕީ ދޫކޮށްލައި އެހެން ޕާޓީއެއް އުފެއްދުމަކީ އެންމެ ބުއްދިވެރިގޮތްކަމަށެވެ.
ޕީޕީއެމް އުފެދުމުގެ ކުރިން ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބެލެވޭ މިވާހަކަތަކުގައި ޔާމީން ވިދާޅުވެފައިވަނީ އޭރު ޑީއާރުޕީގެ ދަރަނީގެ ގޮތުގައި ސާދަ މިލިއަން ރުފިޔާ އޮތްކަން އެނގިވަޑައި ގަންނަވާކަމަށާއި ޑީއާރުޕީއާއި އަލުން ހަވާލުވެއްޖެނަމަ އުޅެންޖެހޭނީ އެދަރަނި ދައްކަންކަމަށެވެ.
ޔާމީންގެ މި އޯޑިއޯ ޢާއްމުވެފައިވާއިރު ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން ޢަލީ މީގެ ކުރިން މީޑިއާގައި ވިދާޅުވެފައިވަނީ ޑީއާރުޕީގައި އޮތް ދަރަނީގެ ބޮޑުބަޔަކީ ޑީއާރުޕީގެ ކުރީގެ ޒައީމް މައުމޫން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ހޯއްދަވާފައިވާ ތަކެއްޗާއި ހިދުމަތައް ފައިސާ ނުދައްކާވާތީ އެޕާޓީގައި އޮތް ދަރަންޏެއްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ