ރައްޔިތުންގެ މަޖިލިސް ހުޅުވޭނީ ޕާޓީތަކުގެ މެދުގަ އެއްބަސްވުމެއް ޤާއިމް ކުރެވިގެން: ރައީސް ނަޝީދު


ރައްޔިތުންގެ މަޖިލިސް ހުޅުވި އޮމާންކަމާއި އެކު މަސައްކަތް ކުރެވޭނީ މިހާރު ހިނގަމުންމިދާ ސިޔާސީ ހަމަނުޖެހުންތަކަށް ޕާޓީތަކުގެ މެދުގައި އެއްބަސްވުމެއް ޤާއިމް ކުރެވިގެންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާޅުގަނޑު ސަރަހައްދުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ސިޔާސީ ހަމަނުޖެހުންތައް ބޮޑުވެ ޤައުމުގެ ހާލަތު ގޯސްވުމަށް އެދިވަޑައި ނުގަންނަވާކަމަށާއި އެކަމަށްޓަކައި މަޝްވަރާކުރުން ވަރަށް މުހިއްމުކަމަށެވެ. އަދި މަޝްވަރާކޮށް މިހާރު އުފެދިފައިމިވާ މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންކަމަށް ޤަބޫލުފުޅު ކުރައްވާކަމަށާއި ނަމަވެސް ރައްޔިތުންގެ މަޖިލިސް ހުޅުވި މަސައްކަތްތައް ކުރިއަށް ގެންދެވޭނީ ޕާޓީތަކުގެ މެދުގައި އެއްބަސްވެވޭ ކަނަތައްތަކެއް ކަނޑައެޅިގެންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ހާއްސަކޮށް އަވަސް އިންތިހާބެއްގެ ތާރީހެއް ބޭނުންވާކަމަށާއި ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މި މާރޗްމަހުގެ ފުރަތަމަ ދުވަހު ކުރެވުނު މަސައްކަތުގެ ތެރެއިން އެކި ޕާޓީތަކުން އަވަސް އިންތިހާބަކަށް އެކި ތާރީހު ދިން ނަމަވެސް ތާރީހަކާއި މެދު ޕާޓީތަކަށް އެއްބަސް ވުމަކަށް އާދެވިފައި ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ