ހޯމް މިނިސްޓަރުކަން ކުރުމަށް އުމަރު އިންކާރުކޮށްފި

ހޯމް މިނިސްޓަރުކަމުގެ މަގާމު އުމަރު ނަސީރަށް ހުށަހެޅުމުން އެކަމަށް އިންކާރުކޮށްފިއެވެ.
ސީއެންއެމަށް ވަރަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުމަރު މިވަގުތު އެމަގާމު ގަބޫލު ކުރެވެން ނެތްކަން އަންގާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މިހަބަރާއި ގުޅޭ ގޮތުން އުމަރުގެ ބަހެއްވަނީ ލިބޭ ގޮތް ނުވެފައެވެ.
މިހަބަރާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް ވެސްވަނީ ލިބޭ ގޮތް ނުވެފައެވެ.
ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ކުރިން ހުންނެވި ޑރ.މުހައްމަދު ޖަމީލު އަހުމަދު އެމަގާމުން ވަކިކުރެއްވީ އޭނާ ޕީޕިއެމާއި ގުޅިވަޑައިގެން އަބުދުﷲ ޔާމީންގެ ރަނިން މޭޓުކަން ގަބޫލު ކުރެއްވި ހިސާބުންނެވެ.
ޕީޕީއެމާއި ގުޅުނު މައްސަލާގައި ޖަމީލު އެމިނިސްޓްރީން ވަކިކުރެއްވި އިރު ޕްރައިމަރީއާއި ގުޅިގެން އުފެދުނު މައްސަލަތަކުގެ ތެރޭގައި ޕީޕިއެމުން އުމަރުވަކި ކުރުމަށްވަނީ ނިންމާފައެވެ. އޭގެ ފަހުން އުމަރު ނަސީރު ގެންދަވަނީ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާއި ވަރަށް ގާތް ގުޅުންތަކެއް ބާއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ