އަލީ ޝިފާން މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ހަމީހުންގެ މައްޗަށް ހުކުމް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމައްސަލަ އިސްތިއުނާފު ކުރުމައްޓަކާ ކުރަން ޖެހޭ މަސައްކަތްތައް ޕީޖީން މިހާރުދަނީ ކުރަމުންނެވެ. އަލީ ޝިފާން މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ދައުލަތުން އުފުލާފައިވަނީ މ.ދިންމަނަ އަބުދުﷲ ތިލްމީޒާއި، ޅ.ކުރެންދޫ މާފަހި މުހައްމަދު އާސިފާއި،މާލޭ ދަފްތަރު މުހައްމަދު ޝައިފަންއާއި މ.ނަލަހިޔާ މަންޒިލު އަލީ ނަބީހާއި ބ.ތުޅާދޫ ކާނިމާގޭ ރައްޒާން އަބުދުއްރަހުމާނާއި، މ.ސިލްވަނެސްޓް މުހައްމަދު މިޝާން އަބުދުލްހާދީގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމާފައިވަނީ ތަހުގީގުގެ މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަސް ތަފާތުވުމުންނެވެ.
އެމައްސަލަ ސާބިތު ނުވާ ކަމަށް ހުކުމް ކުރުމުން ކޮމިޝަނަރ އޮފް ޕޮލިސް އަބުދުﷲ ރިޔާޒާއި ހޯމް މިނިސްޓަރު ޑރ.މުހައްމަދު ޖަމީލު އަހުމަދު ވެސްވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެމައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާލު ކުރައްވާ ސީޕީ ރިޔާޒުވަނީ ޝިފާންގެ އައިލާއަށް އިންސާފު ހޯދައި ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަލީ ޝިފާން މަރާލި މައްސަލަ އިސްތިއުނާފު ކުރަން ޕީޖީން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ