ހުޅުމާލެ އަށް ކަރަންޓް ދޭ އިންޖީނަކަށް ޕެޓްރޯލް ޖަހައި ރޯކޮށްލައިިފި

ސްޓެލްކޯއިން ހުޅުމާލެ އަށް ކަރަންޓްް ދޭ އެއް އިންޖީނަށް ޕެޓްރޯލް ޖަހައި ރޭ ރޯކޮށްލުމުން އެ އިންޖީނު ވަރަށް ބޮޑަށް ހަލާކުވެއްޖެ އެވެ. ހަވީރަށް އެނގިފައިވާ ގޮތުގައި ރޭ ދަންވަރު 3:45 ހާއިރު ފަސް ލީޓަރުގެ ޕެޓްރޯލް ފުޅިއެއް އެއްލާލުމާ އެކު އެ އިންޖީނުގައި ވަގުތުން ހުޅު ހިފި އެވެ. އެހެން ނަމަވެސް އިންޖީނު ގޭގައި އެ ވަގުތު ތިބި މުވައްޒަފުން ވަނީ ހުޅުގަނޑު ވަގުތުން ނިއްވާލައިފަ އެވެ. ޕެޓްރޯލް ޖެހި މީހުންް ފެލާލައިފައިވާ ދޮރުފަތް ސްޓެލްކޯއިން ބުނީ ޕެޓްރޯލް ފުޅި އެއްލާފައި ވަނީ މަގުމައްޗަށް ވާ ގޮތަށް ބަހައްޓާފައި ހުރި ޖާލި ދޮރުފަތެއް މަތާލައިގެން ކަމަށާއި ޑިއުޓީގައި ތިބި މީހުންނަށް ކުއްލިއަކަށް ފެނުނީ ހުޅުގަނޑު ފެތުރިގެންދަނިކޮށް ކަމަށެވެ. "އެ އިންޖީނަކީ ހުޅުމާލޭ އިންޖީނުގެ އަށް ފަހުން އިތުރު ކުރި ބައިގައި ބެހެއްޓި އެއް މެގަވޮޓްގެ އިންޖީނެއް. އެ އިންޖީނު ބެހެއްޓިތާ އަދި ހައެއްކަ މަސް މި ވީ،" ސްޓެލްކޯ އޮފިޝަލަކު ވިދާޅުވި އެވެ. "އިންޖީނަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައި. އެ އިންޖީނަކީ އޭރު ހިންގާފައި ކަރްނަޓް ދެމުން އައި އިންޖީނެއް." ހުޅުމާލޭގެ އިންޖީނަށް ޖެހި ޕެޓްރޯލް ފުޅި މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. ސްޓެލްކޯއިން ބުނީ މި ހާދިސާއާ ގުޅިގެން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކަނޑާލަން ޖެހިދާނެ ކަމަށާއި ސިނާއީ ބައެއް ސަރަހައްދުތަކުން މިހާރު ވެސް ކަރަންޓް ކަނޑާލަމުން ގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ