2018 ވަނަ އަހަރާ އަޅާ ކިޔާއިރު މިދިޔަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު އިތުރުވެފައިވާ ކަން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގެ 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.މިދިޔަ އަހަރު ފުލުހުންނަށް 16,480 މައްސަލަ ހުށަހެޅިއިރު 2018 ވަނަ އަހަރު ހުށަހަޅާފައިވަނީ 14,811 މައްސަލައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2016 އަދި 2017 ވަނަ އަހަރުވެސް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު މިދިޔަ އަހަރަށް ވުރެ މަދެވެ.ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެން.ބީ.އެސް) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނިމިގެން ދިޔަ އަހަރު ތެރޭގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލައާއި، ޓްރެފިކް އެކްސިޑެންޓާއި، މަސްތުވާތަކެތީގެ މައްސަލަ އެވެ. އެގޮތުން 2018 ވަނަ އަހަރާއި އަޅާ ކިޔާ އިރު ވައްކަން 39.3 އިންސައްތަ އިން އަދި އެކްސިޑެންޓް 15.8 އިންސައްތަ އިން ވަނީ އިތުރުވެފައެވެ.ހުށަހަޅާފައިވާ މަސްތުވާތަކެތީގެ މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރު އަތޮޅުތަކުން ހުށަހަޅާފައިވަނީ 804 މައްސަލައެވެ. މާލެ ސަރަހައްދުން ހުށަހަޅާފައިވަނަނީ 1,390 މައްސަލައެވެ. އެހެން ނަމަވެސް 2019 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަތޮޅުތަކުން ހުށަހަޅާފައިވާ މަސްތުވާތަކޭތީގެ މައްސަލަ އިތުރުވެ މާލެއިން ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު މަދުވެފައިވެއެވެ. އެގޮތުން މާލެ ސަރަހައްދުން ހުށަހަޅާފައިވަނީ 1,102 މައްސަލައެވެ. އަދި އަތޮޅުތަކުން ހުށަހަޅާފައިވަނީ 1,086 މައްސަލައެވެ. ގެވެށި އަނިޔާގެ މައްސަލަތައް ވެސް މިދިޔަ އަހަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން 2018 ވަނަ އަހަރާ އަޅާ ބަލާއިރު އެފަދަ މައްސަލަތައް ހުށަހެޅި މިންވަރު 13 އިންސައްތަ އިން އިތުރުވެފައިވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
2018 ވަނަ އަހަރުށް ވުރެ 2019 ވަނަ އަހަރު ފުލުހަށް ހުށަހެޅުނު މައްސަލަތައް ގިނަ: ތަފާސް ހިސާބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ