15 އަހަރަށްފަހު ފަަލަސްޠީނުގައި އިންތިޚާބު ބާއްވަނީ

ފަލަސްޠީނުގެ ރައީސު މަޙްމޫދު ޢައްބާސް (ކ) ސެންޓްރަލް އިލެކްޝަންސް ކޮމިޝަންގެ ރައީސު ޙައްނާ ނާޞިރުއާ ބައްދަލުކުރައްވަނީ ފަލަސްޠީނުގައި މިއަހަރު ތެރޭގައި ރިޔާސީ އިންތިޚާބާއި އާއްމު އިންތިޚާބު ބާއްވަން ނިންމައި، ރައީސު މަޙްމޫދު ޢައްބާސް ނެރުއްވި ގަރާރެއްގައި އިންތިޚާބުގެ ތާރީޚުތައް ހާމަކޮށްފިއެވެ. ޢައްބާސްގެ ފަތަޙަ ޖަމާޢަތާ އެެންމެ ވާދަަވެރި އަދި ޣައްޒާގައި ވެރިކަން ކުރާ އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ޙަމާސް) އިން ވަނީ މި ނިންމުމަށް މަރުހަބާކިޔައިފައެވެ.
ފަލަސްޠީނުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޝަންގެ ރައީސު ޙައްނާ ނާޞިރުއާ ބައްދަލުކުރެއްވުމަށް ފަހު ޢައްބާސް ނެރުއްވި ގަރާރުގައި ވާގޮތުން އިންތިޚާބު ބާއްވާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.
މި ފިޔަވަހިތަކުގެ ތަފްސީލު ދެއްވަމުން ސެންޓްރަލް އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު ހިޝާމް ކުޙައިލް ވިދާޅުވި ގޮތުގައި 22 މޭ 2021 ގައި އޮންނާނީ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބެވެ. 31 ޖުލައިގައި ރިޔާސީ އިންތިޚާބު ބާއްވަން ހަމަޖެހިފައި ވާއިރު، 31 އޮގަސްޓުގައި އޮންނާނީ ޕެލެސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ ގައުމީ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމެވެ.
ޙަމާސްއިން ވަނީ މި ނިންުމުމަށް މަރުހަބާ ކިޔައިފައެވެ. އަދި މި އިންތިޚާބުގެ ސަބަބުން ބައިބައިވުންތައް ނެތިގެންދާނެކަމުގެ އުއްމީދު ފާޅުކޮށްފައެވެ. އެ ޖަމާއަތުން ބުނެފަައިވަނީ އިންތިޚާބު ކާމިޔާބުކަމާއެކީ ބޭެއްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމުގައެވެ.
ފަލަސްޠީނުގައި އެންމެ ފަހުން ރިޔާސީ އިންތިޚާބު ބާއްވާފައި ވަނީ 2005 ވަނަ އަަހަރުއެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ބޭއްވީ 2006 ގައެވެ. އެ އިންތިޚާބު ކާމިޔާބުކުރީ ހަމާަސްއިންނެވެ. 2007 ވަނަ އަހަރުން ފެށިގެން ފަތަަޙަ ޖަމާޢަތާ ޙަމާސް ޖަމާޢަތާ ދެމެދު ދެބަސްވުން އުފެދި ބައިބައިވުމުގެ ސަބަބުން އިންތިޚާބު އޮތީ ނުބޭއްވިފައެވެ.
ފަހަކަށް އައިސް ދެފަރާތުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކުގައި އިންތިޚާބާ ބާއްވަން ދެ ފަރާތް އެއްބަސްވި ނަމަވެެސް މިމަހުގެ ކުރީކޮަޅާ ހަމައަށް ހަމާސްއިން ބުނަމުން ދިޔައީ ތިން އިންތިޚާބުވެސް ބާއްވަން ޖެހޭނީ އެއްދުވަހުގައި ކަމަށެވެ. ނަމަވެސް ބައެެއް އަރަބި ގައުމުތަކުން ދިިން ގެރެންޓީއާއެކު ހަމާސްއިން ވަނީ އެ ޝަރުޠު ދޫކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ