‘ފަލަސްޠީން – އުންމަތުގެ ހިތް’ މިމަޢުލޫއަށް ބާއްވާ ދަރުސް މާދަމާ ހަވީރު

ޢަދާލަތު ޕާޓީގެ ފަރާތުން އިންތިޒާމުކޮށްގެން ‘ފަލަސްޠީން – އުންމަތުގެ ހިތް’ މިމަޢުލޫއަށް އެޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ޙުސައިން ދެއްވާ ދަރުސް މާދަމާ ފުރުޤާން މިސްކިތުގައި އޮންނާނެކަމަށް އެޕާޓީއިން ބުނެފިއެވެ.މާދަމާ އަޞްރު ނަމާދަށްފަހު ފެށުމަށް ހަމަޖެހިފައިވާ މިދަރުސަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެން ދެއްވުމަށް އެޕާޓީއިން އެދެއެވެ.މިދަރުސް ދިއިސްލާމް ލައިވުން ވަގުތުން ދުރަށް ފޮނުވާގޮތަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ