އެންމެފަހުން ގާސިމް، އަދުރޭގެ ކެމްޕެއިންގައި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ލ.ފޮނަދޫ ދާއިރާ އަށް ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ އަދި މިހާރުވެސް އެ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކެމްޕޭންގައި ބައިވެރިވެ ވަޑައިގެންފިއެވެ.
ލ.ފޮނަދޫ އަށް ގާސިމް މިއަދުގެ ވަގުތެއްގައި ވަޑައިގެންފައިވާއިރު އަދުރޭގެ ކެމްޕޭން ހަރަކާތްތަކުގައި ގާސިމް ބައިވެރިވެ ވަޑައިގެންނެވި ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިޔާގައި އާއްމުވެފައެވެ. އަދި ގާސިމް އާއި އަދުރޭ އެއް ކާރެއްގައި ތިއްބެވި ފޮޓޯއެއް ވެސް ވަނީ ސޯޝަލް މީޑިޔާގައި އާއްމުވެފައެވެ.
ގާސިމް އަދުރޭގެ ކެމްޕޭންގައިއަދުރޭގެ ކެމްޕޭން ހަރަކާތްތަކުގައި ގާސިމް ބައިވެރިވެ ވަޑައިގެންނެވިއިރު ޖޭޕީން ވަނީ ގާސިމް ފޮނަދޫ އަށް ވަޑައިގެންނެވީ އެ ދާއިރާ އަށް ކުރިމަތިލައްވާފައިވާ ފާތިމަތު ޒައީމާގެ ކެމްޕެއިނަށް ކަމަށެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޖޭޕީން ވަނީ އިދިކޮޅު ޕީޕީއެމް އާއި ކޮންގްރެސް ޕާޓީއާ ގުޅިގެން ވާދަކުރުމަށް ނިންމާފައެވެ. އެ ނިންމުމާ ޖުމްހޫރީ ޕާޓީގެ ބައެއް އިސްވެރިން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ޕީޕީއެމުން 24 ދާއިރާ އަކަށް ވާދަކުރުމަށް ނިންމާފައިވާއިރު ޖޭޕީން 41 ދާއިރާ އަކަށް ވާދަކުރެއެވެ. އަދި ޕީއެންސީން ވާދަކުރުމަށް ނިންމާފައިވަނީ 22 ދާއިރާ އަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ