ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ސަސްޕެންޑުކުރުމާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދުސްތޫރީ އަދި ޤާނޫނީ ވާޖިބަށް ހުރަސްއަޅާ އަމުރެއްކަމަށް ވިދާޅުވެ އެއަމުރު ގަބޫލު ނުކުރާކަން ޖުޑީޝަލް ސާވިސް ކޮމިޝަނުން މިރޭ އިއުލާން ކޮށްފިއެވެ.
ޖޭއެސްސީ އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބަލަމުން ދާތީ އޭނާ ސަސްޕެންޑު ކުރުމަށް ނިންމި ނިންމުމަށް އަމަލުކުރުން ފަސްކޮށް އޭނާއާމެދު އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރުނު ނަމަވެސް ޖޭއެސްސީގެ ނިންމުމަކީ ތަންފީޒުވަމުންދާ، ދެމިއޮތް ނިންމުމެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރަން ނިންމީ ޖޭއެސްސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 08 މެންބަރުންގެ ތެރެއިން ރިޔާސަތު ފިޔަވައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 07 މެންބަރުންގެ ތެރެއިން 05 މެންބަރުންގެ އަޣުލަބިއްޔަތުންކަމަށް ޖޭއެސްސީން ވިދާޅުވެއެވެ. ބައްދަލުވުން ފެށުމާއި އެކު އެމައްސަލައިގައި ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފްގެ މަސްލަހަތު އޮތްކަމަށް ފާސްކޮށްފައެވެ. އެހެންކަމުން އެހާ ހިސާބުން ފަނޑިޔާރު އަރީފް ޖޭއެސްސީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.
(ތަފްސީލް އަންނަނީ)
ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރަން ޖޭއެސްސީ އިން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ