ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަލްއުސްތާޛް އަބްދުﷲ ދީދީ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު އެވެ. އޭނާ ވަނީ 8 ޖޫން 2015 އިން ފެށިގެން 27 ޖޫން 2018 އަށް ހައިކޯޓުގެ އިސްފަނޑިޔާރުކަން ކުރައްވާފައެވެ. އޭގެ ކުރިން 21 ސެޕްޓެންބަރު 2008 އިން 8 ޖޫން 2015 އަށް ކްރިމިނަލް ކޯޓުގެ ޤާޟީކަން ވެސް އަބްދުﷲ ދީދީ ކުރެއްވިއެވެ.
ކްރިމިނަލް ކޯޓުގެ ގާޞީ ކަމަށް އައްޔަން ކުރުމުގެ ކުރިން ޖުވެނައިލް ކޯޓުގެ ގާޟީ ކަމާއި ކޯޓު ނަންބަރު 2 (މާލެ) ގެ އެސިސްޓެންޓް ޤާޟީކަމާއި، ކ.ދިއްފުށީ ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ގއ.ދެއްވަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވާފައިވެއެވެ. އޭނާ ފުރަތަމަ މެޖިސްޓްރޭޓަކަށް އައްޔަން ކުރެވުނީ 1994 ވަނަ އަހަރު އެވެ. އެހާ ހިސާބުން މިއަދާއި ހަމައަށް މެދުކެނޑުމެއްނެތި ގާޟީކަމާއި ފަނޑިޔާރުކަން ކުރައްވާފައިވެއެވެ.
ދީދީ ފަނޑިޔާރު ކަމުން ވަކި ކުރަން ފާސްކޮށްފައި ވަނީ، 72 މެންބަރުންގެ ވޯޓުންނެވެ.
(ތަފްސީލް އަންނަނީ)
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަބްދުﷲ ދީދީ ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ