ފުރަތަމަ ފަހަރަށް ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވަނީ

ފުރަތަމަ ފަހަރަށް ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ނިންމައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު މަގާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވުމަށް ނިންމައިފައެވެ. ޖޭއެސްސީން އެގޮތަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ މިއީ ކޮމިޝަނުގެ ތާރީހުގައިވެސް ފަނޑިޔާރަކު ވަކިކުރުމަށް ހުށަހެޅުނު ފުރަތަމަ ފަހަރު ކަމަށެވެ.
ކޮމިޝަނުގެ ގާނޫނުގައިވާ ގޮތުގެ މަތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ހުށަހެޅިއްޖެނަމަ އަމަލުކުރަންޖެހޭ އުސޫލުތަކެއް ބަޔާންކޮށްފައިވާ ކަމަށާއި މިހާތަނަށް ގެންދަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހު މިއަދު ކޮމިޝަނުގައި ބަހުސް ކުރުމަށްފަހު ފަނޑިޔާރު ވަކިކުރުމަށްޓަކައި މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
ޖޭއޭސްސީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑު ކުރުމަށް ވެސް ނިިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ