މި ސަރުކާރު ތެރޭގައިވެސް ކޮރަޕްޝަނާއި ވައްކަން އެބަ ހިނގާ ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ މިހާތަނަށް ދައުލަތުގެ ބަޖެޓުގެ 25 އިންސައްތަ ވެފައިވަނީ ކޮރަޕްޝަނާއި ވައްކަމަށް ކަމަށެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުގައިވެސް ވައްކަން އެބަ ހިނގާ ކަމަށާއި އެކަން ފޮރުވަން ނުޖެހޭނެ ކަމަށެވެ. އަދި ސަރުކާރު ދިފާއު ކުރުމަކީ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ އޮފީހެއްގައި ހުންނަ މީހަކު ކުރާ ވައްކަން ފޮރުވުން ނޫން ކަމަށެވެ.
ޣަފޫރު ވިދާޅުވީ މިސަރުކާރުގެ ތެރެއިން ވައްކަމުގެ އަމަލެއް ފެނިއްޖެ ނަމަ އެކަން ބެލޭނެ ކަމަށާއި ސަރުކާރުގެ އެކި މުއައްސަސާތަކުގައި ވައްކަންކުރާ ބަޔަކު ތިބިނަމަ އެ ބަޔަކު ދިފާއު ކުރުމަށް ރައްޔިތުންގެ މަޖިލީހާއި މި ސަރުކާރުން މަސައްކަތް ނުކުރާނެކަން އެފަދަމީހުން ދަންނަން ޖެހޭނެ ކަމަށެވެ.
މި ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން ހިނގާ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީގެ މެމްބަރަކު އެއްބަސްވެވަޑައިގެންފާއިރު ސަރުކާރުން އަންނަނީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ގެންގުޅޭ ސަރުކާރެއް ކަމަށް ދައުވާ ކުރަމުންނެވެ.
މި ސަރުކާރު ތެރޭގައިވެސް ކޮރަޕްޝަނާއި ވައްކަން އެބަ ހިނގާ: މެމްބަރު ޣަފޫރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ