އެޖެންޑާ 19 އަށް ރައްޔިތުން ފުރިހަމަ ތާއީދު ލިބޭނެ: އަފްޝަން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިދިކޮޅުން ނިކުންނަ ކެންޑިޑޭޓުންނާމެދު އެއްވެސް ޖެހިލުމެއްނުވާ ކަމަށާއި އެޖެންޑާ 19 ރައްޔިތުން ފުރިހަމައަށް ތާއިދުކޮށް އެއަށް ވޯޓު ދެއްވާނެ ކަމާމެދު ޝައްކެއްނެތް ކަމަށް އެމްޑީޕީގެ ކެމްޕޭން ސްޕޯކްސް ޕާސަން އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.
އަފްޝަން ވިދާޅުވީ އެޖެންޑާ 19 ގައި ހިމެނޭ ޤާނޫނީ އޮނިގަނޑަކީ ރައްޔިތުންގެ ބޭނުންތައް އެމީހުން ގާތަށް ގޮސްގެން އޮޅުފިލުވުމަށްފަހު އެކުލަވާލައިފައިވާ އޮނިގަނޑެއް ކަމަށެވެ. އެހެން ކަމުން އެޖެންޑާ 19 އަކީ އެކަންކަމުހެ ޙައްލު ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މެސެޖު ވަރަށް ސާފު. އެމްޑީޕީއިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ހުށަހަޅާ އެޖެންޑާ19 ގެ 19 ޤާނޫނީ އޮނިގަނޑަކީ ޖުމުލަ ޙައްލެއް. އެޙައްލުތަކަކީ ރައްޔިތުންގެ ބޭނުންތަކާއި، އެދުންތައް، އެބައިމީހުންގެ ގާތަށް ގޮސް އޮޅުން ފިލުވައިގެން، އެކުލަވާލި ސިޔާސަތުތަކެއް ނަތީޖާ. އެހެންކަމުން އެޖެންޑާ19 އަށް ރައްޔިތުންގެ ފުރިހަމަ ތާއީދާއި، އިތުބާރު ދެއްވާނެ ކަމާމެދު ޝައްކެއްނުކުރަން،" އަފްޝަން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޕާޓީތަކުން ކެމްޕޭން ކުރަމުން ގެންދާއިރު އެންމެ ފާހަގަކޮށްލެވޭ މިންވަރަށް އެކަން ކުރަމުން ގެންދަނީ އެމްޑީޕީ އިންނެވެ. އެޕާޓީން ގެންދަނީ މާލެއާއި އަތޮޅުތަކުގައި ވަރުގަދައަށް ކެމްޕޭން ކުރައްމުންނެވެ. ކެމްޕޭން ތަކުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް ނަޝީދު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ