މެމްބަރު ނިހާން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި

މާދަމާރޭ 20:30 އަށް ފުލުހުންގެ އިދާރާއަށް ޙާޟިރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކަށް ފުލުހުންޗިޓް ފޮނުވައިފިއެވެ. ނިހާން ފުލުހުންގެ އިދާރާއަށް ޙާޟިރުކުރަނީ ޕީޕީއެމް އިން ރޭ ބޭއްވި އެއްވުމެއްގައި ތެރެއިން ފުލުހުންގެ ޖިޕެއްގެ ފުރޮޅު ދަށުގައި ގާބުރިއެއް ބޭއްވި މައްސަލާގައެވެ. އެހެންވެ ނިހާންގެ މައްޗަށް ވަނީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތު ކުރައްވާފައެވެ. ނިހާނު ފުލުހުންގެ ވެހިކަލްގެ ފުރޮޅުދަށުގައި ގާބުރިއެއް ބޭއްވި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން ދެއެވެ. އެވީޑިއޯ ވައިރަލްވުމާއި ގުޅިގެން ނިހާނު ވިދާޅުވެފައިވަނީ އެގޮތަށް އެކަންކުރީ ރައްޔިތުންގެ ސަލާމަތައްޓަކައެވެ. ނިހާނަކީ މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާ މުޒާހަރާއެއްގެ ތެރެއިން ޗާންދަނީ މަގުގައި ބަހައްޓާފައި ހުރި ބެރިކޭޑެއް ފަޅާލާފައެވެ.
މިއަށްވުރެ މާބޮޑެތިކަންކަން ހުއްޓާ މިފަދަ ކުދިކުދި ކަންކަމުގައި މީސްމީހުން ފުލުހަށް ޙާޟިރުކޮށް ތަޙްޤީޤުކޮށް މީހުންގެ މައްޗަށް ދަޢުވާ ކުރަމުންދާތީ ބައެއްމީހުން އެކަމުގެ ޝަކުވާ ކުރަމުންދާކަންފާހަގަކުރެއެވެ. އެގޮތުން މިހާރުގެ ހޯމްމިނިސްޓަރ ޝެއިޚް އިމްރާން ޢަބްދުﷲ ބުނިއެއްޗަކާއި ގުޅިގެން 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރުމަކީވެސް މިކަހަލަކަމެއްކަމަށް ބައެއްފަރާތްތަކުން ބުނަމުން ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ