ކަރަންޓު ނަރު ރޯލުތަކެއްގެ ވެރިފަރާތެއް ހޯދަނީ

ކަރަންޓު ނަރު ރޯލުތަކެއްގެ ވެރިފަރާތެއް ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ފުލުހުން ބުނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަރަންޓު ނަރު ރޯލުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާތީ އެތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ފުލުހުން ވަނީ އެ ކަރަންޓު ނަރު ރޯލުތަކުގެ ވެރި ފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ އެތަކެއްޗާ ހަވާލުވުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ