އެމްޑީޕީ އަކީ "ގޮތެއް ނެތް" ޕާޓީއެއްކަން ހާމަވެއްޖެ: ގާސިމް

މޯލްޑިވިއަން ޑިމޮކުރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ކިހާ ޑިމޮކްރަޓިކް، ގޮތެއްނެތް ޕާޓީއެއް ކަން ދިވެހި ރައްޔިތުނަށް އެނގި ހާމަވެއްޖެ ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބުރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ވިލިމާލޭ ޒުވާނުންތަކެއް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރުމަށް މިރޭ އެ އަވަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އެމްޑީޕީން މިއަދު ކުރި ކަންތައްތަކަކީ ޑިމޮކްރަޓިކް އުސޫލަކުން ނޫން ކަމަށާއި އެމްޑީޕީގެ ލީޑަޝިޕަށް އިންތިހާބުވި ކޮންމެ ރައީސެއްވެސް ވަނީ ޕާޓީން ބޭރުކޮށްލާފައި ކަމަށެވެ.
"އެމްޑީޕީގައި އިންތިހާބަކުން ހަމަޖެހިގެން ދިޔަ ތިން ރައީސުން ގެ ތެރެއިން އިބްރާހިމް އިސްމާއިލުން ފެށިގެން ޑރ. މުނައްވަރާ، ޑރ.ޑީޑީ ވެސް ބޭރު ކޮއްލީ ގޮތެއް ފޮތެއްނެތް ގޮތަކަށް، މިހާރު އެކަން ދިވެހި ރައްޔިތުނަށް އެގިގެން ދާނެ" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީން ގާނޫނު އަސާސީ އާއި ހިލާފަށް ކަންތައްތައްކެއް ނުކުރާނެ ކަމަށާއި ރައްޔިތުނަށް ދޮގު ވައުދު ނުވާނެ ކަމަށެވެ. އަދި އެމްޑީޕީ އަކީ ގާނޫނު އަސާސީއަށް ހުރުމަތް ތެރިކޮށް ހިތާ ބައެއް ނޫން ކަމަށްބުނާ ބުނުން އޭނާ ތަކުރާރު ކުރެއްވި އެވެ.
"މީހަކަށް ވޯޓް ދިނުމުގައި ވިސްނަން ޖެހޭނީ މާޒީގައި އެމީހަކު ރައްޔިތުނަށް ކޮއްދީފައިވާ ހިދުމަތައް" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމްޑީޕީއިން ރައްޔިތުން ޅޮސް އުދޯރަށް އަރުވަން އުޅުނަސް އެކަމެއްދެން ނުކުރެވޭނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީ އާ މިރޭ ސޮއި ކުރި ޒުވާނުންގެ ތެރެއިން ޒުވާނަކު ވާހަކަދައްކަމުން ބުނީ އެމީހުން ޖުމްހޫރީ ޕާޓީ އާ ގުޅުނީ އެ ޕާޓީ އަކީ ޒުވާނުނަށް އެންމެ ރަނގަޅަށް ކަންތައްތައް ކުރާ ޕާޓީ ކަމުގައި ވާތީ ކަމަށެވެ.
"ޖުމްހޫރީ ޕާޓީއަކުން އަޅުގަނޑު މެނަކަށް ހުވަފެނެއް ނުދައްކާނެ ކަމުގެ ޔަގީން ކަން އަޅުގަނޑު މެނަށް އެބައޮތް" އެ ޒުވާނާ ވިދާޅުވި އެވެ.
މިރޭގެ ހަފްލާގައި ގިނަ އަދަދެއްގެ ޒުވާނުން ނާއިއެކު 80 މީހުން ވަނީ ޖުމްހޫރީ ޕާޓީ އަށް ސޮއި ކޮއްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ