ގާސިމްގެ އަނބިކަނބަލެއްގެ ނަމަށް ނިސްބަތްކޮށް ގާސިމް މިސްކިތެއް ބިނާ ކުރައްވައިފި

މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝާގެ ނަމާށް ނިސްބަތްކޮށް ގާސިމްގެ ޚަރަދުގައި އއ. ތޮއްޑޫގައި ބިނާކޮށްފައިވާ އެންމެ ބޮޑު މިސްކިތް "މަސްޖިދުލް ޢައިޝާ" މިއަދު ހުޅުވައިފިއެވެ.
ގާސިމް ތޮއްޑޫގައި ބިނާކޮށްދެއްވި މިސްކިތަކީ 1800 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިއަދު މެންދުރު ނަމާދުގެ ކުރިން، ތޮއްޑޫގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެ މިސްކިތް ހުޅުއްވައިދެއްވީ ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުގެ ބައްޕަ ހަސަން ޒަރީރު އެވެ.
މިސްކިތް ހުޅުވުމަށްފަހު ތޮއްޑޫގެ ރައްޔިތުންނާ މުހާތަބުކުރައްވައި ގާސިމް ވިދާޅުވީ، ބަރަކާތްތެރި ރަމަޞާން މަސް އެންމެހާ މުސްލިމުންނާ ބައްދަލުކޮށްފައިވާ އިރު، މިސްކިތުގެ ބޭނުން އޭގެ އެންމެ ހެޔޮ ގޮތުގައި ހިފުމަށް ތޮއްޑޫގެ ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ.
މިއަދުގެ މެންދުރު ނަމާދު ތޮއްޑޫގެ ރައްޔިތުން އެ މިސްކިތުގައި ކޮށްފައިވާ އިރު، އިމާމުވެ ނަމާދުކޮށްދެއްވީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިންއެވެ. ނަމާދަށްފަހު އިލްޔާސް ވަނީ ތޮއްޑޫގެ ރައްޔިތުންނަށް ހާއްސަ ދަރުސެއް ދެއްވާފައެވެ.
މި މިސްކިތުގައި ޖުމްލަ 53 މީހުންނަށް އެއްފަހަރާ ވުޟޫއު ކުރެވޭއިރު، މި މިސްކިތަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް ހަދާފައިވާ މިސްކިތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ