ރައީސް ނަޝީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު މިއީ ނޫސްވެރިންނާ އެމަނިކުފާނު ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ފަހު، ރާއްޖެ ގަޑިން 12:30 ގައެވެ.
ރައީސް ނަޝީދަށް ދީފައިވާ ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ބޭނުންވާ އިތުރު ފަރުވާ ހޯއްދެއްވުމަށް މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ