ވެރިފަރާތަށް ނޭނގި ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފާކުރި ބަޔަކު ހޯދަނީ

ވެރިފަރާތަށް ނޭނގި އެހެން އެކައުންޓަކަށް ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފާކުރި ބަޔަކު ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިއުލާންކޮށްފިއެވެ.
އެމީހުން ހޯދުމަށް ފުލުހުން ވަނީ ވީޑިއޯއެއް ހިއްސާކޮށްފައެވެ.
ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހުންނަކީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ އެކައުންޓް ވެރިފަރާތަށް ނޭނގި އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފަރ ކޮށްފައިވާ މައްސަލައަކާ ގުޅިގެން އެޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، މިހާތަނަށް ކުރި މަސައްކަތުން ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހުން ކަމަށެވެ.
ނަމަވެސް އެމީހުން ޓްރާންސްފާ ކުރީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ވަނީ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.
މީގެކުރިން ވެސް އެކިއެކި މައްސަލަތަކުގައި މީހުން ހޯދުމަށް ފުލުހުން ވީޑިއޯ އާންމުކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ