ރާއްޖޭގައިވެސް ކޮވިޑްގެ ފިޔަވަޅުތައް ހަރުދަނާކުރަންޖެހޭ: މައުމޫން

ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނަ އިރު ރާއްޖޭގައިވެސް ކޮވިޑުގެ ފިޔަވަޅުތަައް ވަރުގަދަކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފިއެވެ. މިއަދު ރައީސް މައުމޫނު ކުރެއްވި ޓްވީޓުގައި އަވަށްޓެރި ސްރީލަންކާގައި ކޮވިޑް ކޮންޓްރޯލްކުރުމަށް ލޮކްޑައުނަކަށް ގޮސްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއާއެކު ރާއްޖޭގައިވެސް ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. https://twitter.com/maumoonagayoom/status/1428976518991020034?s=20 ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ގޮތުން އަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް ސަރުކާރުންވަނީ ލުއިދީފައެވެ. އެގޮތުން ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް ގިނަ އަދަދެއްގެ ލުއިތަކެއް ލިބިގެންދާގޮތަށް އުސޫލުތައް ވަނީ ބަދަލުކޮށްފައެވެ. އެއާއެކު ދަތުރުފަތުރުކުރާމާއި އެހެނިހެން ކަންކަމުގައި ހިފެހެއްޓިފައިހުރި ކަންކަމަށް ވަރަށް ބޮޑަށް ވަނީ ލުއި ލިބިފައެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ވެކްސިން ޖެހުމުގެ ބޮޑު ކެމްޕެއިނެއްވެސް މި މަހު ފަށާފައެވެ. އެއާއެކު އުމުރުން 12 އަހަރާއި 17 އަަހަރުގެ ކުދިންނަށްވެސް މިހާރު ރާއްޖޭގައި އަންނަނީ ކޮވިޑް-19 ވެކްސިން ދެމުންނެވެ. https://sun.mv/154870 އެއާއެކު ސަރުކާރުގެ އަމާޒަކީ ނިއު ނޯމަލްއަކަށް ދިޔުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި އާންމު ހާލަތަށް ރުޖޫއަވުމަށް ވެކްސިން ޖެހުމަށްވެސް އެމަނިކުފާނުވަނީ އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ