އެމްޑީޕީގެ ވެރިކަމާއި ދެކޮޅަށް ރައީސް ޔާމީން އާއިއެކު މަސައްކަތްކުރާކަށް ނެތީން: ރޮޒޭނާ

އެމްޑީޕީގެ ވެރިކަމާއި ދެކޮޅަށް ރައީސް ޔާމީން އާއިއެކު މަސައްކަތްކުރާކަށް ނެތީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ ކުރެއްވި މެސެޖްތަކާއި ގުޅިގެން އެމްޑީޕީގެ 2 ފެކްޝަނުން އަންނަނީ މިފަދަ ޓްވީޓްތައް ކުރަމުންނެވެ.
މީގެ އިތުރުން ރޮޒޭނާގެ ވިދާޅުވީ އެމްޑީޕީއަށް ވަނީވެސް ރައީސް ޔާމީންގެ ވެރިކަން ދާނެގޮތްއެނގި އެކަމާއި ދެކޮޅަށް މަސައްކަތްކުރާނެ ޕްލެޓްފޯމެއްގައި މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަންކުރީ ހީކުރިވަރަށްވުރެ އަނިޔާވެރިކޮށްކަމަށްވެސް ރޮޒޭނާ ގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހު މިވަގުތު ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ. ޚާއްސަކޮށް ރައީސް ނަޝީދުގެ މެސެޖްތަކާއި ގުޅިގެން ރައީސް ނަޝީދު ފެކްޝަަންގެ ބައެއް ބޭފުޅުން އަންނަނީ ރައީސް ޔާމީން އަށް ތާއީދުކޮށް ޓްވީޓްތައް ކުރަމުންނެވެ. އެއްބަޔަކު ބުނަމުންދަނީ މިއީ ރައީސް ޔާމީންއާއި ރައީސް ނަޝީދުއާއި ދެމެދު ހެދިފައިވާ ޑީލެއް ކަމަށެވެ.
އެހެން ނަމަވެސް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ވަޑައިން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން އާއި ރައީސް ނަޝީދު އެއްވެސް ޑީލެއް ނުހައްދަވާ ކަމަށާއި ރައީސް ޔާމީންއަކީ އެއްވެސް ބަޔަކާއި ޑީލް ހައްދަވާ ބޭފުޅެއް ނޫންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ