ފުވައްމުލަކު ސިޓީގެ ފެނާ ކަރަންޓަށް ދިމާވި މައްސަލައަށް ދާއިމީ ހައްލެއް ލިބިފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.
ފުވައްމުލަކުގައި މިމަހުގެ ދެވަނަ ދުވަހުގެ ފަތިހުން ފެށިގެން ވަނީ ފެނާ ކަރަންޓު ކެނޑިފަ އެވެ. މައްސަލަ ދިމާވީ މައި ޓްރާންސްފޯމަރަށެވެ. އެ ރަށަށް އައްޑޫއިން އައު ޓްރާންސްޕޯމަރެއް ގެނެސް މިހާރު ވަނީ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްފަ އެވެ.
ފުވައްމުލައްކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް އަވަސް އަށް ވިދާޅުވީ ފެނާއި ކަރަންޓު ކެނޑިފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ ކަމަށެވެ. ޓްރާންސްފޯމަރު ހަރުކޮށް އިއްޔެ ހަވީރު ރަށަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
ކަރަންޓްގެ ހިދުމަތް އަލުން ފުވައްމުލަކު ސިޓީއަށް ލިބިފައިވާއިރުގައި އަވަސް މުސްތަގުބަލެއްގައި އެކަހަލަ މައްސަލައެއް ދިމާވެދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މޭޔަރު ރަފީގް ވިދާޅުވި އެވެ.
ފުވައްމުލަކުގެ 80 ޕަސެންޓް ގޭބިސީން ފެނާ ކަރަންޓު ކެނޑުނެވެ.
ފުވައްމުލަކުގެ ފެނާއި ކަރަންޓް މައްސަލަ ހައްލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ