ރާއްޖެއަށް މޫސުން ގޯސް، ކ. އަތޮޅުން ގދ. އަތޮޅަށް ވައިޓްއެލާޓް ނެރެފައި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ވައިޓްއެލާޓް ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނީ ކ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް މޫސުން ގޯސްކަމަށާ މިއަދު ހެނދުނު 09:45 އިން ފެށިގެން 15:45 އަށް މި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ.
މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށް މެޓް އިން ބުނެއެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އިން ބުނެއެވެ.
މެޓް އިން އިތުރަށް ބުނެފައިވަނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލށް ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާ ދެކުނުގެ އަތޮޅުތަކަށް ދެކުނާ ހުޅަނގު ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
ރާޅުގެ އުސްމިނުގައި 2-6 ފޫތު ހުންނާނެކަމަށް ލަފާކޮށް މެޓް އިން ބުނީ މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށާ ވިލާގަނޑުގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ