ކިނބިދޫ ދާއިރާގެ ރަށްރަށުގައި ފެނާއި، ނަރުދަމާ އަޅައިދިނުމަށް ޝައުގުވެރިވާ ރާއްޖެއިން ބޭރުގެ އިންވެސްޓަރަކު ހޯދާ އެކަން ސަރުކާރަށް ހުށައަޅުއްވާފައިވާކަމަށް އެ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ކިނބިދޫ ދާއިރާގެ ފަސް ރަށްކަމަށްވާ ކިނބިދޫ، ހިރިލަންދޫ، ކަނޑޫދޫ، އޮމަދޫ އަދި ވަންދޫގައި ފެނާއި، ނަރުދަމާ އަޅައިދިނުމަށް ޝައުގުވެރިވާ ރާއްޖެއިން ބޭރުގެ އިންވެސްޓަރަކު ހޯދާ އެކަން ސަރުކާރަށް ހުށައަޅުއްވާފައިވާކަމަށެވެ. އެގޮތުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާ އެ މަޝްރޫއުގެ ޕްރޮޕޯސަލް މިއަދު ހަވާލުކުރައްވާފައިވާކަމަށް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ކިނބިދޫ ދާއިރާގެ ފަސް ރަށުގައި ފެނާއި، ނަރުދަމާ އެޅުމަށް 12 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ސަރުކާރުން ލަފާކޮށްފައިވާކަމަށެވެ.
މެންބަރު ރިޔާޒް، ކިނބިދޫ ދާއިރާގެ ރަށްތަކުގެ ނަރުދަމާ އަޅާނެ ބަޔަކު ހޯއްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ