މޫސުން ގޯސްވެ ވައިޓު އެލާޓު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓު އެލާޓު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓު އެލާޓު ނެރެފައި ވަނީ މެންދުރު 12:00 އިން ފެށިގެން އިރުއޮއްސި 6:00 ގެ ނިޔަލަށް ށ.އަތޮޅާއި ތ.އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.
މެޓް އޮފީހުން ބުނީ ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއަށް ވިއްސާރައިގެ އަސަރު ކުރާނެ ކަމަށެވެ. އަދި ގިނަ ސަރަހައްދުތަކަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމުނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ދެކުނގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލަ ދެމެދުގެ ބާރުމިނުގައި ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަދި ދެކުނުގެ ހިސާބުތަކަށް އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކަށް ކަނޑު މަޑުވި ކަމުގައިވިޔަސް ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ