މެމްބަރުންގެ މާލީ ބަޔާނުގައި އަނބިން، ފިރިން އަދި ދަރިންގެ މައުލޫމާތު ހާމަކުރަން ނަޝީދު ދެކޮޅު!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިން، ފިރިން ނުވަތަ 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ނުހިމެނޭ ގޮތަށް، މަޖިލިސް މެމްބަރުންގެ މާލީ ބަޔާން ހާމަކުރަންޖެހޭ ގޮތަށް މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެންނަން މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.މިގޮތަށް ޤަވާއިދަށް އިސްލާހު ގެނެސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަށެވެ. ޤަވާއިދަށް އިސްލާހުގެ ގެނެސްގައި ކޮމިޓީން ތައްޔާރު ކުރި ރިޕޯޓުގައި ވަނީ އެގޮތަށް އިސްލާހު ގެނައީ ރައީސް ނަޝީދުގެ އެދިލެއްވުމުގެ މަތިންކަމަށެވެ.މިގޮތުން ކޮމިޓިން ފާސްކޮށްފައިވަނީ މަޖިލީހުގެ ޤަވާއިދުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ހ) އާއި (ރ) އަށް ބަދަލުގެންނަ ގޮތަށެވެ. މިހާރު އެ މާއްދާގެ (ހ) ގައި އޮންނަނީ މަޖިލިސް މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ކޮންމެ މީލާދީ އަހަރެއްގެ އޯގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަން ވާނެކަމަށެވެ. އަދި (ރ) ގައި ބުނަނީ މަޖިލިސް މެމްބަރެއްގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބި،/ފިރި އަދި 18 އަހަރު ނުފުރޭ ދަރިންގެ ހިމެނޭ ގޮތުން އަދި އެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި ޝާއިރު ކުރަން ވާނެކަމަށެވެ. މިހާރު އެ މާއްދާގެ (ހ) އަށް ކޮމިޓީން ފާސް ކޮށްފައިވާ އިސްލާހުގައި ބުނެފައިވަނީ، މަޖިލިސް މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން އަނބި/ފިރި އަދި 18 އަހަރު ނުފުރޭ ދަރިންވެސް ހިމެނޭ ގޮތުން، ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓް މަހުގެ 31 ވަނ ދުވަހުގެ ކުރިން މަޖިލީހުގެ އަމީން އާއްމަށް ހުށަަހަޅަންވާނެ ކަމަށެވެ. އަދި (ރ) އަށް ގެންނަން ފާސްކުރި އިސްލާހުގައި ބުނެފައިވަނީ، (ހ) ގެ ދަށުން ހުށަހަޅާ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން އަނބި/ފިރި އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ނުހިމެނޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ޝާއިއު ކުރަންވާނެ ކަމަށެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ