އެއްވެސް ހެއްކެއް ނެތި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޝްވަތުދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާއިރު، ފައިސާ ގޯނި ހިފައިންގެ މެންބަރުންގެ ގާތަށް ހިނގިކަމަށް ބުނާ މީހާގެ މައްސަލައާއި ގުޅިގެން ފިޔަވަޅު އަޅާފައިނުވާތީ މިގައުމުގައި ހަމަޔާއި އިންސާފު އެބައޮތްތޯ ރައީސް މައުމޫން ސުވާލު ކުރައްވައިފިއެވެ.
އެމަނިކުފާނު މި ސުވާލްކުރައްވާފައިވަނީ މީގެ ކުޑައިރުކޮޅެއްގެ ކުރިން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓްގައި އެއްވެސް ހެއްކެއް ނެތި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޝްވަތުދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާއިރު، ފައިސާ ގޯނި ހިފައިންގެ މެންބަރުންގެ ގާތަށް ހިނގިކަމަށް ބުނާ މީހާއާއި ދޭތެރޭ އެޅުނީ ކޮން ފިޔަވަޅެއްތޯ ސުވާލްކުރައްވާފައެވެ.
އަދި މިކަމުގައި އޮތް ހަމަޔާއި އިންސާފަކީ ކޮބައިތޯ ރައީސް މައުމޫން ވަނީ ސުވާލްކުރައްވާފައެވެ.
ރައީސް މައުމޫން ވަނީ މި ސުވާލްތަކަށް ޖަވާބު ދެއްވުމަށް ފުލުހުންނާއި އެޓާނީ ޖެނެރަލްގެ އަރިހުން އެދިވަޑައިގެންފައެވެ.
ގައުމުގައި ހަމަޔާއި އިންސާފު އެބައޮތްތޯ ރައީސް މައުމޫން ސުވާލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ