މޫސުން ގޯސްވެ ވައިބާރު ވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މިގޮތުން މޫސުމާއި ބެހޭ ޤައުމީ އިދާރާގެ މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ހުރިހާ ސަރަހައްދަކަށެވެ.
މިއަދު ހެނދުނު 10:30 އިން ހަވީރުގެ 16:30 އަށް ނެރެފައިވާ ހުދު ސަމާލްގައި ބުނެފައިވަނީ، ސަމާލުގެ ވަގުތުގައި އެސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ވައިގަދަވާނެ ކަމަށެވެ. އަދި ވިލާ ގަނޑުގައި އިތުރަށް ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށެވެ.
"ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ އަދި ކަނޑުތަށް ވެސް ގަދަވާނެ ” މެޓް އޮފީހުން ބުނެފައި ވެއެވެ.
މެޓް އޮފީހުން އިތުރަށް ބުނީ، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ކަނޑުތައް ގަދަވާނެ ކަމަށާއި، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްފައިވެއެވެ.
މޫސުން ގޯސް، ހއ. އިން ދ. އަތޮޅަށް ހުދު ސަމާލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ