ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން މި ސަރުކާރުން ނިންމާފައި އޮއްވާ އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ނުދިނުމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެފައިވާތީ، ދީބާޖާގެ ފަރާތުން އޮޑިޓާ ޖެނެރަލްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނަން ކަމަށް ބުނެފިއެވެ.
ދީބާޖާއަށް ބަދަލު ދިނުމަށް ނިންމީ ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް މި ސަރުކާރުން އުއްފާދައިވާ ސެޓްލްމަންޓު ކޮމެޓީ އާއި އެކުގައި މަޝްވަރާތައް ކުރުމަށްފަހުއެވެ. އަދި ސެޓްލްމަންޓު ކޮމެޓީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލަފާ އެރުއްވީ ދީބާޖާއަށް ފައިސާ ދޫކުރުމަށެވެ. ނަމަވެސް އެފައިސާ އަދި ދުލެއް ނުކުރެއެވެ.
އޮޑިޓާ ޖެނެރަލްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު ދީބާޖާއިން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ