ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ސިޔާސީ މައިދާނުގައި ދައްކަވާ ވާހަކަތަކަކީ ޖަވާބުދޭ ވަރުގެ ވާހަކަތަކެއް ނޫންކަމަށް އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލާއި ބައްދަލުކުރުމަށް ވެލާނާގެއަށް ދިއުމަށްފަހު އެތަނުގެ ބޭރުގައި ތިބެ ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.
ރޭ ސީއެންއެމް ޓީވީން ގެނެސްދިން އިތުރުކާފު ޕްރޮގްރާމްގައި އުމަރު ނަސީރު ވަނީ އެބޭފުޅާ ޕީޕީއެމްއާއި ގުޅިވަޑައިގަންނަވާނީ އެޕާޓީގެ ލީޑަރޝިޕް ހަވާލުކުރުމުން ކަމަށް ވިދާޅުވެފައެވެ. އަދި އުމަރު ވަނީ އެބޭފުޅާއަކީ ކުރީގެ ރައީސް ޔާމީންގެ ސަޕޯޓަރެއް ނޫންކަމަށާއި، މީގެ ފަހުން އެއްވެސް ސިޔާސީ ލީޑަރެއްގެ ފަހަތުން މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
މި ވާހަކަތަކަށް ރަައްދުދެއްވަމުން އަދުރޭ ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ކުރާ މަސައްކަތްތައް ކުރަނީ މުޅި ލީޑާރޝިޕުން އެކުގައި މަޝްވަރާކޮށްގެން، ގަބޫލުކުރާ ހަމަތަކުގެ މަތިން ކަމަށެވެ. އަދި ސިޔާސީ މައިދާނުގައި އުމަރަކީ އެބޭފުޅާ ދައްކަވާ ވާހަކަތަކަށް ރައްދުދޭން ޖެހޭވަރުގެ ބޭފުޅެއް ނޫންކަމަށް އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އަދުރޭ ވަނީ އުމަރަށް ޕީޕީއެމް އަދި ޕީއެންސީން ޖާގައެއް ނެތްކަމަށްވެސް ވިދާޅުވެފައެވެ.
އުމަރު ނަސީރު ދައްކާ ސިޔާސީ ވާހަކަތަކަށް ޖަވާބުދޭ ވަރެއް ނޫން: އަދުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ