މި ރަމަޟާން މަހު ދިރާގު މެޖިކް ޑޭޓާ އެކްޓިވޭޓްކޮށްގެން ހިލޭ ޑޭޓާ
މި ރަމަޟާން މަހަށް ހާއްސަކޮށްގެން ދިރާގުން ކުރިއަށްގެންދާ ހާއްސަ އޮފާތަކުގެ ތެރެއިން ދިރާގު އެޕް މެދުވެރިކޮށް މެޖިކް ޑޭޓާ އެކްޓިވޭޓްކުރާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 10 ޖީބީއާ ހަމައަށް ހިލޭ ޑޭޓާ ލިބުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.އެއީ މި ރަމަޟާން މަހަށް ހާއްސަކޮށްގެން ދިރާގުން ކުރިޔަށް ގެންދާ ހާއްސަ އޮފާއެކެވެ.ދިރާގުން ބުނީ ސްޓްރީމްކުރުމަށާއި ބްރައުސްކުރުމަށް ނުވަތަ ގާތް ފަރާތްތަކާ ގުޅުންބަދަހިކުރުމަށް ކަމުގައިވިޔަސ،ް ދިރާގުގެ ޑޭޓާ އެޑް އޮންތައް ފަރުމާކޮށްފައިވަނީ ކަސްޓަމަރުންގެ އެކި ކަހަލަ ބޭނުންތަކަށް ހާއްސަކޮށްގެން ކަމަށެވެ.އަދި ދިރާގުގެ ޑޭޓާ ޕެކްތަކުގެ ތެރެއިން 100ޖީބީ ޑޭޓާ ޕެކް، މަންތުލީ އަދި ސަޅި އެޑް އޮންތަކަކީ މިހާރު ވެސް ކަސްޓަމަރުންގެ މެދުގައި މަގުބޫލު ޑޭޓާ ޕެކްތަކަކަށްވާއިރު ރަމަޟާން މަހު ދިރާގުން އެ ޕެކޭޖްތައް އެކްޓިވޭޓްކުރުމުން ދޭ އޮފާއާއެކު ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެކަމަށް ދިރާގުން ބުނެއެވެ.މީގެ އިތުރުން މާޗް 1 އިން މާޗް 30، 2025 ގެ ނިޔަލަށް މެޖިކް ޑޭޓާ އެކްޓިވޭޓްކުރާ ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ހޮވޭ ނަސީބުވެރި ކަސްޓަމަރަކަށް 850 ޑޮލަރުގެ މޫދު ހޮލިޑޭސްގެ ވައުޗަރެއް ދިނުމަށް ދިރާގުން ވަނީ ކަނޑައަޅައިފަ އެވެ.މިއީ، ރާއްޖޭގެ ރީތި މާހައުލުގައި ޗުއްޓީ ހޭދަކޮށްލުމަށް ލިބޭނެ އަގުހުރި ފުރުސަތެކެވެ.ދިރާގު އެޕް މެދުވެރިކޮށް ލިބޭ މެޖިކް ޑޭޓާގެ މި އޮފާއަކީ ފަސޭހަކަމާއެކު މޮބައިލް ފޯނު މެދުވެރިކޮށް ކޮންމެ ޕްރިޕެއިޑް ކަސްޓަމަރަކަށް ވެސް ލިބުމުގެ ފުރުސަތު އޮތް އޮފާއެއްކަން ދިރާގުން ފާހަގަކުރެ އެވެ.ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ އެ ފަދަ ދެވަނައެއް ނުވާ ކުންފުންޏެކެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ