ރޯދައިގެ ފަހު 10ގެ 3 ދުވަހު އެމްއައިބީ ހުޅުވާނެ

ރޯދަ މަހުގެ ފަހު 10ގެ ބަންދު ތެރޭ 3 ދުވަހު މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ހިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ރޯދަ މަހުގެ ފަހު 10 ސަރުކާރު ބަންދުވިޔަސ،ް އެމްއައިބީން ބުނީ ބަންދު ތެރޭ އެ ބޭންކުގެ ހިދުމަތް މި މަހުގެ 20، 27 އަދި 29 ވަނަ ދުވަހު ލިބޭނެ ކަމަށެވެ. އެ ތިން ދުވަހު ވެސް އެ ބޭންކުގެ ހިދުމަތް ލިބޭނީ ހެނދުނު 9:30
އިން މެންދުރު 2 އަށެވެ.
ތަފްސީލް - އެމްއައިބީގެ ހުރިހާ ހިދުމަތެއް ވެސް
ބޭންކަށް ނުގޮސް ހޯދޭނެ އެވެ. އެގޮތުން، 2023 އިން ފެށިގެން ބޭންކަށް ނުގޮސް
އެކައުންޓު ހުޅުވުމުގެ ހިދުމަތް ދޭން ފަށާފައިވާއިރު، އެ ބޭންކުގެ ފައިސާނެޓުން ވިޔަފާރިތަކަށް ބޭނުންވާ ގިނަ
ހިދުމަތްތަކެއް އޮންލައިންކޮށް ލިބެ އެވެ.
އެމްއައިބީގެ ހިދުމަތްތައް މެދުވެރިކޮށް:
އެމްއައިބީގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް
ވިޔަފާރިތަކުން އަމިއްލައަށް ބަލްކް ޓްރާންސްފާ މެދުވެރިކޮށް
މުސާރަޖަމާކުރެވޭނެ
އިންޓަނެޓް ބޭންކިން އިން ފަސޭހަކަމާ އެކު ޓީޓީ
ކުރެވޭނެ
ފަހު 10ގައި ބޭންކު ހުޅުވާ 3 ދުވަހު ބޭންކަށް ގޮސް ވެސް މި ހިދުމަތްތައް ހޯދޭނެ
ފާހަގަ ކުރެވޭ - ބޭންކިންގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް
ދޭން ފެށި ރާއްޖޭގެ ފުރަތަމަ ބޭންކަކީ އެމްއައިބީ އެވެ. ރާއްޖޭގެ ފުރަތަމަ
އަދި ހަމައެކަނި ފުލް ފްލެޖް އިސްލާމިކް ބޭންކުގެ އިންޓަނެޓް ބޭންކިން
އަދި މޮބައިލް ބޭންކިންގެ ރައްކާތެރިކަމަށް ކަސްޓަމަރުން އިތުބާރު ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ