މާލޭގައި މިރޭ މީހަކަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ސަބުދެލި މަގުގައި ހުންނަ ޗާންދަލިއާ ބުކްޝޮޕް ކައިރިން ދިން ވަޅީގެ ނުރައްކާތެރި ހަމަލާގައި ޒަހަމްވީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާ ހާލަތު ފުލުހުން ބުނެފައެއް ނުވެ އެވެ. އެކަމަކު އެއީ މަސްތުވާތަކެތީގެ ރިކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ. އެ ހާދިސާ ހިނގާފައި ވަނީ މިރޭ 8:30 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
މާލޭގައި އާންމުކޮށް ވަޅި ފަދަ ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގަނީ ގޭންގުތަކުންނެވެ. ނަމަވެސް އެހެން ހަމަނުޖެހުންތަކުގައި ވެސް ތޫނު އެއްޗެހި ބޭނުންކޮށްގެން ބައެއް ފަހަރު މާރާމާރީ ހިންގަ އެވެ.
މިދިޔަ ފެބްރުއަރީ މަހު ގްރޫޕު ހަދައިގެން ދިޔަ ބަޔަކު ވަނީ ހުޅުމާލޭގައި ހުންނަ ރެހެންދި ޓާފް ދަނޑު ކައިރިން މީހަކަށް ކޯރާޑިއަކުން ހަމަލާ ދީފަ އެވެ. އޭގެ ފަހުން އާއިލީ މައްސަލައެއްގައި ވެސް މީހެއް ބޮލަށް ވަޅިން ހަމަލާދީފައިވެ އެވެ. އެ ހާދިސާ ހިނގީ ރ. މަޑުއްވަރީގަ އެވެ.
ތޮއްޖެހިފައިވާ ވެރި ރަށް މާލޭގައި މާރާމާރީގެ މައްސަލަތައް ވަރަށް ބޮޑެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ވެސް މާރާމާރީގެ 199 މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ.
މާލޭގައި ވަޅި ޖަހައި މީހަކު ޒަހަމްކޮށްލައިފި މާލޭގައި ވަޅި ޖަހައި މީހަކު ޒަހަމްކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ