މީހަކު ހަޅޭއްލަވާ އަޑު އިވޭ ކަމަށް ކުރި ރިޕޯޓަކަށް ފުލުހުން ދިޔައިރު، ފްލެޓެއްގެ ތެރެއިން ހޭނެތިފައި އޮތް ޒުވާން އަންހެނަކު ފެނިއްޖެ އެވެ.
ވީ ކިިހިނެއް؟ - ފުލުސް އޮފީހުން މިއަދު ބުނި ގޮތުގައި، އެ ތަނަށް ރިޕޯޓު ލިބުނީ މިއަދު ހެނދުނު 6 ހާއިރު، ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ވިނަރެސް ފްލެޓެއްގެ ތެރެއިން އަންހެނަކު ހަޅޭއްލަވާ އަޑު އިވޭ ކަމަށެވެ.
ތަފްސީލް - އެ އިދާރާއިން ބުނި ގޮތުގައި:
ރިޕޯޓު ލިބުމާ އެކު ވަރަށް އަވަހަށް ފުލުހުން އެ ތަނަށް ދިޔަ
ފްލެޓްގެ ތެރެއަށް ވަންނަން ޖެހުނީ ގަދަކަމުން
އެ ތަނުގެ ތެރެއިން ފެނުނީ ހޭނެތިފައި އޮތް 21 އަހަރުގެ އަންހެނެއް
އެހެން މީހަކު ނެތް
ފުލުުހުން ބުނީ އަންހެން މީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް އެ ތަނުގައި ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ.
މިކަމާ ގުޅޭ އިތުރު އެހެން އެއްވެސް ތަފްސީލެއް ފުލުުހުން ނުދެ އެވެ. ހަމައެކަނި ބުނީ އެ ހާދިސާ ހިނގި ގޮތާއި ވަށައިގެންވާ ކަންކަން މިހާރު ހޯދާ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހަޅޭއްލަވާތީ ފުލުހުން ދިޔައިރު ގޭތެރެއިން ފެނުނީ ހޭނެތިފައި އޮތް އަންހެނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ