ޑާކްރެއިންގެ އަލިފާން އޮކްޓޫބަރުގައި
ޑާކްރެއިން އެންޓަޓެއިންމެންޓުން މި އަހަރު އަޅުވަން ތައްޔާރުވާ އާ ފިލްމު ކަމަށްވާ "އަލިފާން" މިއަހަރުގެ އޮކްޓޯބަރު މަހަށް ތާވަލުކޮށްފިއެވެ. މީގެ ކުރީން ''ޕްރޮޖެކްޓު 37'' ކިޔާފައިވާ މި ފިލްމުގެ ރަސްމީ ނަން އިއުލާނު ކޮށްފައިވަނީ މިދިޔަ ހަފުތާގައެވެ. އެއަށްފަހު ޕްރޮޑަކްޝަނުން ދާދިފަހުން ނެރުނު ޓީޒަރެއްގައި ވަނީ ފިލްމު ޕްރިމިއާ ކުރާ ތާރީހު އިއުލާނު ކޮށްފައެވެ. ޑާކްރެއިން އިން ހާމަކޮށްފައިވާ ގޮތުގައި އަލަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމު ޕްރިމިއާ ކުރާނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހުގައެވެ. ފިލްމުގެ ރިލީޒް ތާރީހު އިއުލާނު ކުރުމަށް ނެރުނު ޓީޒަރުގައި ފިލްމުގެ ކާސްޓަށް ވަނީ އަލިއަޅުވާލާފައެވެ. އަދި ފިލްމުގައި އެކްޝަން މަންޒަރުތައް ގިނައިރު ސަސްޕެންސްވެސް ގިނަ ވާނެ ކަން ޓީޒަރުން ވަނީ ދައްކާލާފައެވެ. ފިލްމުގައި އެކްޓަރުންގެ ފަރާތުން ތަފާތު ރޯލުތަކެއް ފެނިގެންދާނެ ކަމަށް ޓްރެއިލަރުން އިޝަރާތް ކުރެއެވެ. މިއީ ޑާކްރެއިންގެ 37 ވަނަ ޕްރޮޖެކްޓެވެ. މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ މުހައްމަދު އަލީ (މޮގާ)އާއި އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ. އަލީ ޝިފާއު (ޗިއްޕެ)އާއި ރަވީ ފާރޫގު ޑައިރެކްޓުކުރި މި ފިލްމުގެ ސްކްރީން ޕްލޭގެ މަސައްކަތް ކޮށްފައިވަނީ އަހުމަދު ތޮލާލެވެ. ޕްރޮޖެކްޓް 37ގެ ގިިނަ މަސައްކަތްތަކެއްގައި ހަރަކާތްތެރިވެފައިވަނީ ޑާކްރެއިނުން މިދިޔަ އަހަރު ނެރުނު ހިޓް ފިލްމު "ފުރޭތަ"ގެ މަސައްކަތް ވެސް ކޮށްފައިވާ ފަންނާނުންނެވެ. ޑާކްރެއިނުން މިދިޔަ އަހަރު ނެރުނު ފިލްމު "ފުރޭތަ"އަކީ ވެސް އެކްޝަން ތުރިލާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ ޝީލާ ނަޖީބާއި މޫސާ އަލީފާއި، އަހުމަދު ޝާކިރު ފަދަ ތަރީންނެވެ. ފިލްމުގެ ޑައިރެކްޓަރު ރަވީ ވެސް ފިލްމުގެ މުހިއްމު ރޯލުން ފެންނާނެ ކަން ޓްރެއިލަރުން ވަނީ އާންމުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ