ރައްޔިތުންގެ ވޯޓާއި އެކު އިންތިހާބުވެގެން އަންނަ ބަޔަކު ގޯހެއް ހެދުމުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިިބިދޭ ގޮތަށް ”ރިކޯލް އެކްޓް“ ގެނައުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ލާމަރުކަޒީ ނިޒާމާއި ކައުންސިލްތައް ހިންގުމާއި ރައްޔިތުން ބާރުވެރިކުރުވުމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ބޭނުންފުޅު ވަނީ ރައްޔިތުން ހަގީގީ މާނައިގައި ބާރުވެރި ކުރުވުމަށް ކަމަށެވެ. އަދި މަޖިލީހުގެ މެންބަރެއް ނުވަތަ ކައުންސިލަރެއް ގޯސްކަމެއް ކުރުމުން އެކަމަށް ފިޔަވަޅު އެޅުމުގެ ބާރު ރައްޔިތުންނަށް އޮންނަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރައްޔިތުންނަށް އެބާރު އޮންނަން ޖެހޭއިރު، މަގާމުތަކުން ނުވަތަ މެންބަރުކަމުން އެބޭފުޅެއް ވަކި ކުރެވޭނެ ގޮތެއް ގާނޫނުގައި ލިޔަން ޖެހޭކަމަށެވެ. އެހެންކަމުން ރީކޯލް ވޯޓަކުން ނުވަތަ ރައްޔިތުންގެ ގާތަށް އެނބުރި ދިއުމަށް ބޭނުންވާ ނަމަ އެ ގޮތް ވެސް ނިންމަން ފުރުސަތު ލިބިދޭ ގޮތަށް ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހު ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެންމެ އިންސާފުވެރި ގޮތަކީ ރައްޔިތުންނަށް ބާރުވެރިކަން ދިނުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާއިރު ވޯޓުލުމުގެ ހައްގު އޮންނަ މީހުންގެ ދެބައިކުޅަ ވޯޓުން ވަކި ކުރެވޭ ގޮތަށް އިސްލާހު ހުށަހަޅުއްވާނެކަމަށެވެ.
ރައުދުގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފި ގއ. ގެމަނަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށް ބަންދަށް 10 ދުވަސްޖަހައިފި މީދޫ އަވަށު އޮފީހުން ބާއްވާ ވައުދެމުމުގެ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި އާއިލާތައް ބަދަހިވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ