އީރާނުން އިސްރާއީލަށް މިސައިލް ހަމަލާތައް ދޭން ފަށައިފި

އީރާންގެ އެކި ތަންތަނަށް އިޒްރޭލުން ރޭ ފަތިހު ހަމަލާތައް ދޭން ފެށުމަށް ފަހު އަދިވެސް ނުހުއްޓާ ކުރިއަށް ގެންދާ ކަމަށް ބުނެފައި ވާއިރު އީރާނުން 100 ވަރަކަށް ޑްރޯން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލައިފި އެވެ.އީރާނުން އިސްރާއީލާއި ދެކޮޅަށް މިސައިލް ހަމަލާތަކެއް ފޮނުވާލާފައިވަނީ ރޭގެ ވަގުތެއްގައި އިސްރާއީލުން އީރާނުގެ ނިއުކްލިޔާ ބައެއް މަރުކަޒުތަކަށާއި އެހެނިހެން ތަންތަނަށް ދިން ހަމަލާތަކާއި ގުޅިގެން ބަދަލުހިފުމުގެ ގޮތުންނެވެ."އީރާނުން އިސްރާއީލުގެ ސަރަހައްދާ ދިމާއަށް ގާތްގަނޑަކަށް 100 ޔޫއޭވީ ފޮނުވާލި، އެކަން ހުއްޓުވުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ،" އިސްރާއީލުގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އެފީ ޑެފްރިން ނޫސްވެރިންނަށް ވިދާޅުވިއެވެ.އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި 200 ފަޔާ ޖެޓުން މުޅި އީރާނުގެ ގާތްގަނޑަކަށް 100 އަމާޒަކަށް ހަމަލާދީފައިވާނެ ކަމަށެވެ.އީރާނުން އިސްރާއީލަށް ހަމަލާތައް ދޭން ފެށީ އީރާނަށް ހަމަލާދީ ބައެއް ކޮމާންޑަރުންނާއި ސައިންސްވެރިން މަރާލި "ޖަރީމާ"އަށް ފަހު "ހަރުކަށި އަދަބު ލިބޭނެ ކަމަށް އުންމީދު ކުރަންޖެހޭ" ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވަނީ އިސްރާއީލަށް އިންޒާރު ދީފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ