އީރާނުގެ ވައިގެ ސަރަހައްދު އޮތީ ހާމައަށް ކަމަށާއި އެއްވެސް ޝަތުރެއް ނެތި އަމާން ދިނުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިންޒާރު ދެއްވުމުން، ރައްދުގައި ހާމަނާއީ ޓްރަމްޕަށް ވަރުގަދަ އިންޒާރު ދެއްވައިފިއެވެ.
އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވީ، އީރާނަކީ ދައްކާ ބިރަށް ސިހޭނެ ބައެއް ނޫން ކަމަށާއި އެފަދަ އިންޒާރުތަކަށް ފިސާރި ރަނގަޅަށް ޖަވާބު ދޭނެކަން އީރާނުގެ ތާރީހާއި އަދި އީރާން ދަންނަ ބަޔަކަށް އެނގޭނެ ކަމަށެވެ.
އަދި ބާރުގެ ބޭނުންކޮށްގެން ކުރާ ހަނގުރާމައެއް ވެސް އަދި ބާރުގެ ބޭނުން ކޮށްގެން ގާއިމުކުރާ ސުލްހައެއްވެސް އީރާނުން ބަލައި ނުގަންނާނެ ކަމަށާއި، އަމާންދީ ބޯތިރި ނުކުރާނެ ކަމަށް ވެސް ހާމަނާއީ ވިދާޅުވިއެވެ.
އީރާނުގެ ޓީވީ ތަސްނީމް މެދުވެރިކުރައްވައި ދެއްވި ބަޔާނެއްގައި އިތުރަށް އޭނާ ވިދާޅުވީ، އިޒްރޭލުން ފެށި ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެއްޖެ ނަމަ ފުޅާ ހަނގުރާމައެއް ކުރާނެ ކަމަށާއި އެމެރިކާއަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ދޭނެ ކަމަށެވެ. އޭނާ އިޝާރާތް ކުރައްވަނީ، އަސްކަރީ ގޮތުންނާއި އިގްތިސޯދީ ގޮތުންނާއި އަދި ސިޔާސީ ގޮތުން ކުރާނެ ކަންކަމަށެވެ. އަދި އީރާނު ވަށައިގެން އެމެރިކާ އިން ގާއިމު ކޮށްފައި ވާ އަސްކަރީ ބޭސްތައް ވެސް ހިމެނޭހެން މެޑިޓެރޭނިއަން ކަނޑުގެ ފްލީޓަށް ވެސް ހަމަލާ ދެއްވާނެ ވާހަކައެވެ.
ހާމަނާއީ ވިދާޅުވީ އިޒްރޭލުގެ ކުށަށް ފުރިހަމަ އަދަބު ދެއްވާނެ ކަމަށާއި ސަލާމަތުން ނުދެވޭނެ ކަމަށެވެ.
އީރާނާއި އިޒްރޭލުގެ ހަނގުރާމަ 6 ވަނަ ދުވަހަކަށް ގޮސްފައި ވާ އިރު އިޒްރޭލުން މިއަދު ވަނީ މީގެ ކުރިން ނުދޭ ވަރުގެ ވަރުގަދަ ހަމަލާ އީރާނަށް ދީފައެވެ. އެގޮތުން ޔުނިވާސިޓީތަކާއި އާންމުން އުޅޭ ބައެއް ތަންތަނަށް ހަމަލާ ދީ ގިނަ ބަޔަކު މަރާލައި އެތައް ބަޔަކު ޒަހަމް ކޮށްލާފައި ވެއެވެ.
ހަބަރުތައް ބުނާގޮތުން މިއަދު އެކަނި 40 މީހުން މަރާލައި 200 މީހުން ޒަހްމް ކޮށްލިއެވެ.
އީރާނުން އިޒްރޭލަށް މިއަދު ދިން ހަމަލާތަކުގައި އެއްވެސް މީހަކު މަރުވި ކަމަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ.
އީރާނުން އިޒްރޭލަށް ދޭ ހަމަލާތަކަކީ 1973 ގެ ފަހުން އިޒްރޭލަށް ބޭރުން އަމާޒުވާ އެންމެ ވަރުގަދަ ހަމަލާތަކެވެ. އިޒްރޭލުގެ އާންމުންވެސް އަދި އިޒްރޭލުގެ ނަހަމަ ދައުލަތުންވެސް ނުދެކޭ ވަރުގެ ވަރުގަދަ ހަމަލާތަކެކެވެ. ރޭ އެކަނިވެސް އީރާނުން ވަނީ 40 ބެލެސްޓިކް މިސައިލް އަމާޒު ކޮށްފައެވެ.
އިޒްރޭލަށް މިހާތަން ލިބުނު ގެއްލުންތަކަށް ބަލާއިރު، ހަމައެކަނި ހުރި ތެޔޮ ސާފުކުރާ ކާރުހާނާ އާއި އެންމެ ބޮޑު އެއާޕޯޓާއި ކަރަންޓް ދޭ އިންޖީނު ގެއާއި ހައިފާގެ ބަނދަރު ހަލާކުކޮށްލާފައި ވެއެވެ. މީގެ އިތުރުން އާންމުން ދިރިއުޅޭ ބޮޑެތި އަވަށްތައް ސުންނާފަތި ކޮށްލާފައި ވެއެވެ.
ހާމަނާއީގެ ވަރުގަދަ އިންޒާރު ޓްރަމްޕަށް: ހަބަރުދާރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ