ޖީއެމްސީއީ ނުވަތަ ޖެމްކިޔުގެ ނަމުގައި ހިންގަމުންދާ ޕިރަމިޑް ސްކީމަށް އިންވެސްޓުކުރި މީހުންނަށް ފައިސާ ނުނެގޭ މައްސަލަ ދިމާވެއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ޖެމްކިޔުއަށް އިންވެސްޓްކުރި ފަރާތަކުން ބުނީ ފައިސާ ނެގުމަށް މަސައްކަތްކުރާތާ ދެ ދުވަސްވެފައިވާ ކަމަށާއި އެހެންނަމަވެސް ފައިސާ ވިތުޑްރޯ ނުކުރެވުނު ކަމަށެވެ.
މިދިޔަ ހަފްތާތެރޭގައި ޖެމްކިޔު ސްކީމަކީ ޕިރަމިޑް ސްކީމެއް ކަމަށާއި އެ ސްކީމުގައި ބައިވެރިވުމަށް ހިތްވަރުދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ބުނެފައިވާއިރު މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފަޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އަދި މިއަދު ޖެމްކިޔުއަށް އިންވެސްޓަރުންގެ، ޓެލެގްރާމް ގްރޫޕެއްގައި ގިނަ ބަޔަކު ވަނީ އިންވެސްޓުކޮށްފައި ހުރި ފައިސާ ނުނެގޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޒަރީގެ ދަށުން ހިންގަމުން އަންނަ ފައިނޭންޝަލް ކްރައިމް ޑިޕާޓްމަންޓްގެ ސިޓީއެއް ކަމަށް ބުނެ ފޭކް ސިޓީއެއް ދެއްކުމަށްފަހު ޖެމްކިއު އިން ފައިސާ ނުނެގޭ ގޮތް ހަދައިފައިވާކަމަށް ޓެލެގްރާމް ގުރޫޕްގައި އެސިޓީ ފޮނުވި ކަމަށް ބުނާ އެކްޓިން ޑެޕިއުޓީ ޑިރެކްޓަރ ޖޯންސް ގިބަންސް އަކީ އެއިދާރާގައި މަސައްކަތް ވެސް ކުރާ މީހެއް ނޫންކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ފައިސާ ނުނެގޭ މައްސަލައާއި ގުޅިގެން ޖެމްކިޔު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ޓެލެގްރާމް ގްރޫޕްގައި ބުނެފައި ވަނީ ފައިސާ ވިތުޑްރޯ ނުކުރެވެނީ އިންޓަނޭޝަނަލް ފައިނޭންޝަލް އިންސްޓިޓިއުޝަން ތަކުން ރިވިއުއެއް ކުރިއަށް ގެންދާތީ ކަމަށެވެ. އަދި ކުރިއަށް ގެންދާ ރިވިއުއަކީ އާއްމު އުސޫލުން ކުރިއަށް ގެންދާ ރިވިއުއެއް ކަމަށާއި ކަންކަން އާއްމު ހާލަތަކަށް އައުމުން އަނެއްކާވެސް ފައިސާ ނެގޭނެކަމަށެވެ.
ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ޖެމްކިޔުއަށް އިންވެސްޓްކޮށްފައިވާއިރު މި ސްކީމަށް އިންވެސްޓްކުރި ގިނަ ފަރާތްތަކަށް ބޮޑެތި ފައިދާތައް ވެފައިވާކަމަށް މި ސްކީމްގައި ހަރަކާތްތެރިވާ ފަރާތްތަކުންވަނީ ހާމަކޮށްފައެވެ.
ފޭކް ސިޓީއެއް ދެއްކުމަށްފަހު ޖެމްކިއު އިން ފައިސާ ނުނެގޭ ގޮތަށް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ