ތައިލެންޑުގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަތުރާ އާއި ކެމްބޯޑިއާގެ ކުރީގެ ބޮޑުވަޒީރު ހޫން ސެންއާ ދެމެދު ފޯނުން ދެކެވުނު ވާހަކައެއް ލީކުވުމާ ގުޅިގެން ތައިލެންޑްގެ ބޮޑުވަޒީރު މައާފަށް އެދިވަޑައިގެންފި އެވެ.
ޕެޓޮންގްޓާން ވިދާޅުވީ އެ ފޯން ކޯލް ކުރީ އޭނާގެ އަމިއްލަ ފޯނުން ކަމަށާއި އެ ވާހަކަތައް ރެކޯޑްކޮށް އާންމުންނަށް ލީކްވިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަނާ ވިދާޅުވީ އެ ގައުމުގެ އަސްކަރިއްޔާއަށް ވެދެވެން އޮތް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އޮތީ ތައްޔާރަށް އޮތް ކަމަށެވެ.
ތައިލެންޑުގެ ހާރިޖީ ވުޒާރާއިން ބުނީ އެ ގައުމުގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަތުރާ އާއި ކެމްބޯޑިއާގެ ކުރީގެ ބޮޑުވަޒީރު ހޫން ސެންއާ ދެމެދު ދެކެވުނު ސިއްރު ވާހަކަތަކެއްގެ ރެކޯޑިންއެއް ކެމްބޯޑިއާ އިން އާންމުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެއީ ޑިޕްލޮމެޓިކް އަހްލާގަށް އުނިކަން ގެނެސް، އިތުބާރު ގެއްލުވާލުން. އަދި އަވަށްޓެރި ދެ ގައުމުގެ ގުޅުން ބަލިކަށިކޮށްދޭ ކަމެއް،" ތަރުޖަމާނު ވިދާޅުވި އެވެ.
ކެމްބޯޑިއާގެ ކުރީގެ ބޮޑުވަޒީރާއި ތައިލެންޑްގެ ބޮޑުވަޒީރު ކުރެއްވި ފޯން ކޯލެއް ލީކްވުމުން ޕެޓޮންގްޓާން މައާފަށް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ