ސްޓެލްކޯއިން ބުނީ ހުޅުމާލޭގައި އާދީއްތަ ދުވަހު ކަރަންޓު ބޭނުން ކުރެވިފައިވާ ގޮތަށް ބަލާއިރު، މިއީ މި ރޯދަމަހުގެ މިހާތަނަށް އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވާ ދުވަސްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މިދިޔަ އާދީއްޔަ ދުވަހަކީ އެންމެ މަތިން މި ރޯދަ މަހު ކަރަންޓް ބޭނުންކުރި ދުވަސް ކަމަށްވާ އެހެންކަމުން ކަރަންޓް އިގްތިސޯދު ކުރަން ސްޓެލްކޯއިން ހަނދާކޮށްދީފި އެވެ.
ސްޓެލްކޯއިން އާއްމުކުރި މާލެ ސަރަހައްދުގައި ކަރަންޓް ބޭނުންކުރި ހިސާބުތައް ދައްކާ ގޮތުގައި އާދިއްތަ ދުވަހުގެ 17:00 ގައި މާލެ ސަރަހައްދުގައި ކަރަންޓް ލޯޑް ވަނީ 98 މެގަވޮޓްއަށް އަރާފަ އެވެ. މިދިޔަ އަހަރު އެންމެ މަތިން ކަރަންޓް ބޭނުންކުރީ 117 މެގަވޮޓް އަށެވެ. އެ ކުންފުނިން ބުނީ މާލެއާއި، ހުޅުމާލޭގައި އާދީއްތަ ދުވަހު ކަރަންޓު ބޭނުން ކުރެވިފައިވާ ގޮތަށް ބަލާއިރު، މިއީ މި ރޯދަމަހުގެ މިހާތަނަށް އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވާ ދުވަސްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެންމެ ޕީކް ގަޑީގައި 98 މެގަވޮޓާއި ގާތްކުރާ އަދަދަކަށް ކަރަންޓު އާދީއްތަ ދުވަހު ބޭނުންކޮށްފައިވާ ކަމަށެެވެ.
ސްޓެލްކޯގެ ފަންނީ ބޭފުޅުން އަންދާޒާ ކުރާ ގޮތުގައި މިހާރު މާލެ ސަރަހައްދުގައި އާބާދީ އާއި ކަރަންޓް ބޭނުން ކުރުމުގެ ލޯޑް ހުރި ގޮތަށް ބަލާއިރު މި ރޯދަ މަހުގެ ލޯޑް 130 މެގަވޮޓްއަށް އެރުމުގެ ފުރުސަތު އޮންނާނެ އެވެ.
ކަރަންޓު އިގްތިސޯދުކޮށް ބޭނުން ކުރުމުގައި އާއްމު މީހާއަށް ކުރެވޭނެ ގިނަ ކަންތައް ތަކެއް އެބަހުއްޓެވެ. ހާއްސަކޮށް އޭސީ ބޭނުން ކުރުމުގައި ސަމާލުކަން ދޭން ޖެހެ އެވެ.އެވްރެޖުކޮށް އޭސީއެއް 24 ގަޑިއިރު ފުލްކޮށް ހިންގައިފިނަމަ 2.2 ޔުނިޓް ނަަގަ އެވެ. މިއީ ފައިސާގެ ގޮތުން ބަލާނަމަ 80ރ. ވަރެވެ. އޭސީ ބޭނުން ކުރުމުގައި ކޮޓަރީން ބޭރުގައި އެއް ގަޑިއިރަށްވުރެ ގިނައިރު އުޅޭނަމަ ނިއްވާލުމާއި އޭސީ ސާވިސް ކުރުން ފަދަ ކަންކަން ކުރެވިދާނެ އެވެ. އަދި އޭސީގެ 24 އަށްވުރެ ދަށް ކުރުމަކީ ވެސް ބިލަށް ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ.ބައެއް ގޭގޭގައި ބަހައްޓާފައި ހުންނަ އޭސީގެ ފިލްޓަރު ސާފުނުކޮށް ގިނަ ދުވަސްތަކެއްވަންދެން ހުރެ އެވެ. މިއީ އޭސީން ފިނި ކުރަން ކުރަން ޖެހޭ މަސައްކަތް އިތުރުވާނެ ކަމެވެ. މީގެ ކޮންމެ ކަމަކީ ކަރަންޓު ބިލަށް ބަދަލު އަންނާނެ ކަމެކެވެ. އޭސީ ބޭނުން ކުރުމުގައި ފިނި ލީކްވުން ފަދަ ކަންކަން ނުވާނެހެން ކޮޓަރި ރަނގަޅަށް ސިލްކޮށްފައި ބެހެއްޓުމާއި މަދުވެގެން އަހަރު އެއްފަހަރު އޭސީ ފުލް ސާވިސްއެއް ކުރުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން މިހާރު ލައިފް ސްޓައިލަަށް އައިސްފައިވާ ބަދަލާއެކު އޭސީ ކޮށްފައި ހުންނަ ތަންތަނުގައި ގޭގެ ތެރޭގައި ގަސް ވެސް އިންދަ އެވެ. މިއީ ވެސް އޭސީން ކުރަން ޖެހޭ މަސައްކަތް ދެގުނަ ބޮޑުވާނެ ކަމެކެވެ. އޭސީ ކޮށްފަ ހުންނަ ތަނެއްގެ ތެރޭގައި ފެން ހުރެއްޖެނަމަ މި ފެނުގެ ސަބަބުން އޭސީން ކުރަން ޖެހޭ މަސައްކަތް ބޮޑުވެ އެވެ. މީގެ އިތުރުން ހޫނުކޮށް ހުންނަ އެއްޗިހީގެ ފިނި ނުކެނޑެނީސް ފްރިޖަށްލުމާއި ފެން ކުރާ އިރުއިރުކޮޅާ ޖައްސަން ނުޖެހޭނެ ގޮތަކަށް އިންތިޒާމު ކުރުން ހިމެނެ އެވެ. މީގެ އިތުރުން އަވަސް އަވަހަށް އިސްތިރި ކުރުމުގެ ބަދަލުގައި ހަފުތާއަކު އެއް ދުވަހު އިސްތިރި ކުރުން ފަދަ ކަންކަން އިންތިޒާމުކޮށްލައިގެން ކުރިއަށް ގެންދިއުމަކީވެސް ކަރަންޓް ބިލަށް އަންނަ ބަދަލު ކުޑަކުރަން އެޅިދާނެ ފިޔަވަޅެކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ކަރަންޓް އިގްތިސޯދު ކުރޭ | މި ރޯދަމަހު ކަރަންޓުގެ އެންމެ މަތީ އާދީއްތަ ދުވަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ