ރާއްޖޭގެ ހައްޖުވެރިންނަށް ހާއްސަކޮށްގެން ސައުދީގައި ފުރަތަމަ ފަހަރަށް ހާއްސަ ކްލިނިކެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޝަހީމް މިއަދު މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކްލިނިކް ގާއިމް ކުރުމަށް ސައުދީ ސަރުކާރުން ހައްޖު މިޝަންއަށް ރަސްމީކޮށް މިހާރު ހުއްދަ ދީފައިވާ ކަމަށެވެ.
ބުނީ ކީކޭ؟ - "ހާޖީންނަަށް ރަސްމީކޮށް ކްލިނިކް ގާއިމު ކުރެވިގެންދާނީ މައްކާގެ އަބީރު ހޮސްޕިޓަލާ ގުޅިގެން، ހާޖީން ތިބޭ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައި. ހައްޖު ކޯޕަރޭޝަނުން ވަނީ ސިއްހީ ފުރިހަމަ ނިޒާމެއް ކްލިނިކްގައި ގާއިމުކޮށްފައި. ބޭސްފަރުވާ އާއި ހޮސްޕިޓަލް ބެޑް ވެސް ކުލިނިކުގައި ހުންނާނީ ގާއިމުވެފައި،" ޝަހީމް ލިޔުއްވާފައިވެ އެވެ.
"މިއީ މިގޮތަށް ސައޫދީ ހޮސްޕިޓަަކާ ގުޅިގެން އަދި ރަސްމީކޮށް ކްލިނިކް ގާއިމުކުރެވިގެންދާ ފުރަތަމަ ފަހަރު."
އެނގުން މުހިންމު - މިއަހަރު ރާއްޖޭން ހައްޖަށް ދާ މީހުން އަންނަ ހޯމަ ދުވަހު ފުރަން ފަށާނެ އެވެ. ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ހައްޖު ދުވަސް ވާނީ އަންނަ މަހުގެ 5 ވަނަ ދުވަހަށެވެ.
ދިވެހި ހައްޖުވެރިންނަށް ފުރަތަމަ ފަަހަރަށް ހާއްސަ ކްލިނިކެއް ސައުދީގައި ގާއިމް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ