ޗައިނާގެ އެހީގެ ދަށުން ރާއްޖޭގެ 50 ރަށެއްގެ ކައުންސިލް ހިންގުމަށް އާ އޮފީސް އިމާރާތް އެޅުމުގެ މަޝްރޫއު ހިންގުމަށް ޗައިނާ ސަރުކާރާ އެކު މިއަދު ސޮއިކޮށްފި އެވެ.
ވީކިހިނެއް؟ - ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނި ގޮތުގައި މިއަދު ސޮއިކުރީ އެ ކަމަށް ހުށަހަޅާފައިވާ ލެޓާ އޮފް އެކްސްޗޭންޖުގަ އެވެ.
ތަފްސީލް - ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކުރެއްވީ:
ދިވެހި ސަރުކާރުގެ ފަރާތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް
ޗައިނާ ސަރުކާރުގެ ފަރާތުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީގު ކޮންގް ޒިއަންހުއާ
އެ ރަސްމިއްޔާތުގައި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫއުގެ ދަށުން 50 ކައުންސިލް އިމާރާތެއް ޑިޒައިންކުރުމާއި އެޅުން ހިމެނޭ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމެއް - ވަރަށް ގިނަ ކައުންސިލްތައް ހިންގަމުން އަންނަނީ، ބާވެ ހަލާވެފައި ހުރި އަދި ޖާގައިގެ ގޮތުން ދަތި އިމާރާތްތަކުގަ އެވެ. އެފަދަ ކައުންސިލްތަކަށް އާ އިމާރާތްތައް އެޅުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
ކައުސިން އިމާރާތް އަޅާނެ ރަށްރަށުގެ ކްރައިޓީރިއެއް މިދިޔަ އަހަރު ކަނޑައަޅައި، އުސޫލެއް ވެސް އާންމުކުރި އެވެ.
މިއަދު 50 ކައުންސިލަކަށް އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ޗައިނާއާ އެކު ސޮއިކުރިއިރު، މީގެ ކުރިން 55 ކައުންސިލަކަށް އިމާރާތް އެޅުމަށް މެލޭޝިއާ ކުންފުންޏަކާ ވެސް ހަވާލުކޮށްފައިވެ އެވެ.
ޗައިނާގެ އެހީގައި 50 ކައުންސިލެއްގެ އިމާރާތް އަޅަން ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ