ކުމާރިކާ ހެއާ އޮއިލް: އިސްތަށި ފޭބުން ހުއްޓުވުމަށް ފަރުވާއެއް ކުމާރިކާ ހެއާ އޮއިލް: އިސްތަށި ފޭބުން ހުއްޓުވުމަށް ފަރުވާއެއް

އިސްތަށިގަނޑު ބަލިކަށިވުމާއި އިސްތަށި ފޭބުމަކީ ރާއްޖޭގައި ވެސް ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އެހެންވެ، އެކަމަށް މިވެނި ފަރުވާއެއް، އެވެނި ފަރުވާއެއް، މިވެނި އެއްޗެެއް، އެވެނި އެއްޗެއް ރަނގަޅު ވާނެ ކަމަށް ބުނެފި ނަމަ އެ އެއްޗެއް ކިތަންމެ ބޮޑު އަގެއްގައި ވިޔަސް ހޯދާ މީހުން މަދެއް ނޫނެވެ.
އިސްތަށިގަނޑަށް ފުރިހަމަ ފަރުވާއެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ކުމާރިކާގެ ފަހުގެ އުފެއްދުން ކަމުގައިވާ ކުމާރިކާ ނޮރިޝިން ހެއާ އޮއިލަކީ އިސްތަށި ފޭބުމާއި، އިސްތަށިގަނޑު ކިފުޅިވުމާއި، ހަރުވުން ފަދަ ކަންބޮޑުވުން ތަކަށް އޮތް ފަރުވާ އެކެވެ.
މި އުފެއްދުމުގައި އިސްތަށިގަނޑު ވަރުގަދަކުރުމަށާއި އިސްތަށި ފޭބުން ހުއްޓުވަން އެހީތެރިވެދޭ ގުދުރަތީ މާއްދާތައް ހިމެނެ އެވެ. އޭގެ ތެރޭގައި ކާށި ތެލާއި ހިކަނދި ފަތާއި، އެލޯވެރާ, ފޯލްސް ޑޭޒީ އަދި ޕެނީވޯޓް އެކުލެވެ އެވެ. މިއީ އިސްތަށިގަނޑުގެ ބުޑު ވަރުގަދަކޮށް، އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅުވެ، ދިގު އިސްތަށިގަނޑަކަށް އެހީތެރިވެދޭ މާއްދާތަކެވެ.
ކާށި ތެލަކީ ޒަމާނުއްސުރެ ދިވެހިން ވެސް ތަޖުރިބާކޮށް، ނަތީޖާ ކަށަވަރު އުފެއްދުމެކެވެ. ކުމާރިކާ ތެލުން އިސްތަށިގަނޑު ރީތިކޮށް ބަހައްޓައި ދޭއިރު، ހިތްގައިމު ވަހެއް ވެސް އެކުލެވެ އެވެ.
ކުމާރިކާ ނޮރިޝިން ހެއާ އޮއިލަކީ ލުއި އަދި އިސްތަށިގަނޑުގައި ތަތްކަން ނުއުފެދޭ އެއްޗަކަށް ވާތީ ޝޭމްޕޫ ލައިގެން ބޯ ދޮއުމުގެ ކުރިން ވެސް މި ތެޔޮ ބޭނުން ކުރެވިދާނެ އެވެ. އޭރުން، ޝޭމްޕޫ ބޭނުންކޮށްގެން އިސްތަށިގަނޑު ހަރުވުމުން ދުރުކޮށްދީ ތެއްކަމާއި ތާޒާކަން ފެންނާނެ އެވެ. ފެން ވެރުމަށް ފަހު ވެސް ކުޑަ ތެޔޮ ފޮދެއް ބޭނުން ކުރުމުން، އިސްތަށިގަނޑަށް އިތުރު ދިރުމެއް ގެނުވަ އެވެ.
ސްރީ ލަންކާގެ މި އުފެއްދުމަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު އިންޑިއާގައި ވެސް މަގުބޫލް މަރުކާ އެކެވެ. އަދި ދިވެހިންނަށް ވެސް އާ ނަމައް ނޫނެވެ.
މަޝްހޫރު މި އުފެއްދުން ހޯލް ސޭލްކޮށް ރީޓެއިލް ކުރަނީ، ލިލީ ސްޓޯރާއި ލާލު ސްޓޯރު އަދި ހުޅުމާލޭގައި ހުންނަ ލިލީ ޝޮޕް އާއި ކުޅުދުއްފުށީގައި ހުންނަ ލިލީ ޝޮޕުންނެވެ. މީގެ އިތުރުން ރާއްޖޭގެ ގިނަ ފިހާރަތަކަކުން މި ތެޔޮ ގަންނަން ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ