ހޯމައިން ފެށިގެން ފަސް ދުވަހަށް މޫސުން ގޯސްވާނެ: މެޓް

އަންނަ ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެތީ، މޫސުމަށް ސަމާލުވުމަށް އެދި މެޓް އޮފީހުން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.
ތަފްސީލު - މެޓް އޮފީހުގެ ބަޔާނުގައި ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަށް ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން:
އެ ފަސް ދުވަހު އާންމުކޮށް ވައި ބާރުވެ، ކަނޑުތައް ގަދަވާނެ؛ ވިއްސާރަ ވެސް ކުރާނެ
އާންމު ގޮތެއްގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވޭ
ވިލާގަނޑުގައި ގަނޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވޭ
"ގަދަ ވަޔާ އެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް ދަންނަވަމެވެ،" މެޓްގެ ބަޔާނުގައި ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމެއް - އީދަށް ގިނަ ބަޔަކު ރަށުން ބޭރަށް ގޮސްފައިވާއިރު، އީދު ބަންދު ނިމި އޮފީސްތައް ހުޅުވޭނީ އަންގާރަދުވަހު އެވެ. އެހެންކަމުން ގިނަ ބަޔަކު ދަތުރު ކުރާނެ ކަމަށް ބެލެވެނީ ހޯމަދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ